ދިރާގުން މިހާރު ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް4 އަދި ސެމްސަންގް ގެލެކްސީ ޒީ ފްލިޕް4 ލިބޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދިރާގުން މިހާރު ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް4 އަދި ސެމްސަންގް ގެލެކްސީ ޒީ ފްލިޕް4 ލިބޭނެ!

ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް4 އަދި ސެމްސަންގް ގެލެކްސީ ޒީ ފްލިޕް4 ދިރާގު ވެބްސައިޓުން ފަސޭހަކަމާއެކު ގަންނަން ލިބޭނެއެވެ.

ދިރާގުން ބުނެފައިވަނީ ރީތި ކުލަތަކާއިއެކު ފަތްޖަހާލެވޭގޮތަށް ފަރުމާކުރެވިފައިވާ މި ދެ ފޯނުވެސް މިހާރު ދިރާގު ކަސްޓަމަރުންނަށް ވަގުތުން ފުލް ޕޭމަންޓާއެކު ނުވަތަ 12 މަހުގެ އިންސްޓޯލްމެންޓެއްގެ ދަށުންވެސްގަނެވޭނެ ކަމަށެވެ.

ޒީ ފޯލްޑް4 އަދި ޒީ ފްލިޕް4 ގަންނަ ކަސްޓަމަރުންނަށް 6 މަސް ދުވަހަށް މަހަކު 5ޖީބީގެ ހިލޭ ބޯނަސް ޑޭޓާވެސް ލިބޭނެއެވެ. މީގެ އިތުރުން ޒީ ފޯލްޑް4 ފުލް ޕޭމަންޓްގައި ގަންނަ ކަސްޓަމަރުންނަށް 3000 ރުފިޔާގެ ޑިސްކައުންޓެއް ވެސް ލިބޭނެއެވެ. އަދި ގެލެކްސީ ޒީ ފޯލްޑް4 އަދި ޒީ ފްލިޕް4 ގަންނަ ފަރާތްތަކަށް، 3 މަސްދުވަހުގެ ހިލޭ ސްޕޮޓިފައި އަދި ވަން ޑްރައިވެގެ 100ޖީބީ 6 މަސްދުވަހަށް ބޭނުންކުރެވޭ ސެމްސަންގް ޕްރޮމޯޝަންގައިވެސް ބައިވެރިވެވޭނެއެވެ. 

ދިރާގުން އަބަދުވެސް ދަނީ އެންމެ ފަހުގެ ސްމާޓް ފޯން ޑިވައިސްތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދީ، މިހާރަށްވުރެ ރަނގަޅު އަދި ފަސޭހަ ގޮތަކަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުން ގުޅުވާލަދިނުމަށް މަސައްކަތްކުރަމުންނެވެ.  

 

މިއަދު އޮންލައިން