އުރީދޫ މޯލްޑިވްސްއިން 4 ގުނަ އާއި ހަމައަށް އިތުރު ޑޭޓާ އެލަވަންސް އާއިއެކު އާޗާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފަރ އެއް މިއަދު ތައާރަފްކޮށްފިއެވެ.

މި އޮފަރ މެދުވެރިކޮށްމުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 210ޖީބީ އާއި ހަމައަށް ޑޭޓާ އާއިއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ. އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި އޮފަރ އާއި އެކު ވަނީ އިތުރަށް ފުރިހަމަވެފައެވެ. ހަމަ އެއާ އެކު އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިން ގެ ދަށުން ސެމީ ފައިނަލް މެޗެއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސްއިން ލިބޭ ބޯނަސް އެލަވަންސް
|
އާޗާ ޕްރިޕެއިޑް ޕްލޭންސް |
އަގު (ރުފިޔާ) |
ޕެކޭޖް އެލަވަންސް |
ބޭނުންކުރެވޭ މުއްދަތު |
|
އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް |
150 |
ދުވާލަކު 4 ޖީބީ (1 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 2 ޖީބީ ބޯނަސް ޑޭޓާ + 1 ޖީބީ ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް ދެވޭ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް |
7 ދުވަސް |
|
އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް |
500 |
ދުވާލަކު 5 ޖީބީ (1 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 2 ޖީބީ ބޯނަސް ޑޭޓާ + 1 ޖީބީ ސޯޝަލް މީޑިއާ ބޯނަސް ޑޭޓާ އަދި 1 ޖީބީ ސްޓްރީމިންގް ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް |
30 ދުވަސް |
|
އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް |
750 |
ދުވާލަކު 7 ޖީބީ (2 ޖީބީ އާއްމުކޮށް ދެވޭ ޑޭޓާ + 1 ޖީބީ ބޯނަސް ޑޭޓާ + 2 ޖީބީ ސޯޝަލް މީޑިއާ ބޯނަސް ޑޭޓާ އަދި 2 ޖީބީ ސްޓްރީމިންގް ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް |
30 ދުވަސް |
މިއަދު މި ލޯންޗްކުރެވުނު އާޗާ ޕްރިޕެއިޑްގެ ޙާއްސަ އޮފަރ ފަރުމާ ކުރެވިފައިވަނީ ކަސްޓަމަރުން ކޮންމެތާކު ކޮންމެވަގުތެއްގައިވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިލަދީ އަދި ސްޓްރީމިންގް ޕްލެޓްފޯރމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައްވެސް އިތުރު ހާސްކަމެއްނެތި ބަލާލެވޭގޮތަށެވެ. އާޗާ ޕްރީޕެއިޑް ނަންގަވާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލަރ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ޚާއްޞަކޮށް ބަހާލެވިފައެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓްކޮށްލުމަށް:
§ އުރީދޫ އެޕް: http://ore.do/app
§ އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކޮށްލުމަށް ކީވޯޑް “UD150” (އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް)، “UD500” (އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް)، UD750” (އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.
§ 1#*929* އަށް ޑައަލް ކޮށްލައިގެންވެސް އެކްޓިވޭޓްކޮށްލެވޭނެއެވެ.
އައު ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެންގެވުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނަރ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަރޑް ޕްރީޕެއިޑް ޕްލޭނެއް ބައްލަވައިގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކުރައްވައިގެން އެކްޓިވޭޓްކޮށްލެވޭނެއެވެ.