އުފަންވެލި ޝޮޕްތަކުން ރޯޔަލް އާފަލުވެސް އަގުހެޔޮކޮށްފިއެވެ.
އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ މިއަދުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ސައުތު އެފްރިކާގެ ރޯޔަލް އާފަލު ކޭހެއް ވިއްކާނީ އެންމެ 380 ރުފިޔާއަށް ކަމަށެވެ.
"ވަރަށް ބާރަށް ދަނީ ވިކެމުން. މިހާރު ލިބެންހުރީވެސް 150 އަދި 135 ކައުންޓް އެކަނި."
އުފަލި ޝޮޕްތަކުން މިއަދުގެ ނިޔަލަށް ފިޔާ އަލުވި ، ކުކުޅުބިސް އަދި ކުކުޅާއި ކޮށިކުކުޅުވެސް ގެންދަނީ ޚާއްޞަ އަގުތަކެއްގައި ވިއްކަމުންނެވެ.
ގުޅުންހުރި ޚަބަރު:
މޫސުން ގޯސްވެ މާރުކޭޓުގަ މަހުގެއަގު އުފުލުމާއި ގުޅިގެން އުފަންވެލި ޝޮޕްތަކުން އަނެއްކާވެސް ކުރިއަށް އޮތް 3 ދުވަހަށް ކުކުޅު، ކުކުޅުބިސް، ފިޔާ، އަލުވި ޚާއްޞަ ހެޔޮ އަގުގަ ވިއްކާނެ!
ޢަބްދުއްލަޠީފް
މޫސުން ގޯސްވެ މާރުކޭޓުގައި މަހުގެއަގު އުފުލުމާއި ގުޅިގެން އުފަންވެލި ޝޮޕްތަކުން އަނެއްކާވެސް ކުރިއަށް އޮތް 3 ދުވަހު ކުކުޅު، ކުކުޅުބިސް، ފިޔާ، އަލުވި ޚާއްޞަ ހެޔޮ އަގުގަ ވިއްކަން ނިންމައިފިއެވެ.
ސެޕްޓެމްބަރުމަހުގެ 6، 7، 8 3 ދުވަހު އުފަންވެލި ހުރިހާ ފިހާރަތަކުންވެސް ކުކުޅުބިހެއް އެންމެ ދޮޅުރުފިޔާއަށް، އަލުވި އަދި ފިޔާ ކިލޯއެއް އެންމެ 10 ރުފިޔާއަށް އަދި ކުކުޅު ކިލޯއެއް 49 ރުފިޔާއަށް ވިއްކާނެ ކަމަށް އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެއެވެ.
"އަޅުގަނޑުމެން މިފަހަރުވެސް ކުރިއަށް އޮތް 3 ދުވަހަށް މިބާވަތްތައް ވަރަށް ބޮޑުތަނުން އަގުހެޔޮމިކުރީ މޫސުން ގޯސްވެ މަހަށް ދިއުން ދަތިވުމުން މާރުކޭޓުގައި މަހުގެ އަގުތައް އުފުލިގެން ދިއުމާއި ގުޅިގެން ވަރަށް ގިނަ ކަސްޓަމަރުން އެކަމަށް އެދޭތީ ކަސްޓަމަރުންނަށް އެހީތެރިވެދިނުމުގެ ގޮތުން. ކަސްޓަމަރުންގެ ޖީބުތަކަށް ވީހާ ލުއިކޮށްދިނުމުގެ ގޮތުން އެކަން މިކުރީ. ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އަބަދުވެސް މަސައްކަތްކުރަނީ! އަޅުގަނޑުމެން ވިއްކާ ކުކުޅު ބިހަކީ ވެސް އެންމެ ތާޒާ ކުކުޅުބިސް!" މަޑިހާ ކޮމްޕެނީން ބުނެފައިވެއެވެ.
ގޮހޮރުގެ ބަލިތަކަށް ޚާއްޞަ، ޞިއްޙަތަށް ފައިދާކުރާ މަޑިހާ ބަނާނާ އާއި ކާބޯތަކެތީގެ ތަފާތު ގިނަ ބާވަތްތައް އުފަންވެލި ޝޮޕްތަކުން އަބަދުވެސް ގެންދަނީ ވަރަށް ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.
މަޢުލޫމާތަށްޓަކައި:
އުފަންވެލި ޝޮޕް (މާލެ/އޯކިޑްމަގު) ހުންނަނީ ކުއްޅަވައްގެ ކުރިމައްޗަށްވާގޮތަށް އަލިވާގޭ ގޯޅި އޯކިޑްމަގު ކަންމަތީގައެވެ.
ރީޓޭލް: ފޯން- 3008883، ހޯލްސޭލް: 3323628