އުފަންވެލި ޝޮޕްތަކުން ބޮޑުތަނުން ތާޒާ އިނގުރު އަގުހެޔޮކޮށް، ކިލޯއެއް އެންމެ 15 ރުފިޔާއަށް ވިއްކަންފަށައިފިއެވެ.
"އަޅުގަނޑުމެންގެ ހުރިހާ ފިހާރަތަކުންވެސް ކުރިއަށް އޮތް 4 ދުވަހު (އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް) 10 ކިލޯގެ އިނގުރު ކޭހެއް ވިއްކާނީ އެންމެ 150 ރުފިޔާއަށް އެއީ ކިލޯއެއް އެންމެ 15 ރުފިޔާއަށް. ރީޓޭލްކޮށް ވިއްކާނީ ކިލޯއެއް އެންމެ 20 ރުފިޔާއަށް! މިއީ މިހާރު ބާޒާރުގައި ލިބެންހުރި އެންމެ ހެޔޮއަގަށްވުރެ 50 އިންސައްތަ ކުޑައަގެއް!" ކަމަށް އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެއެވެ.
އުފަންވެލި ޝޮޕްތަކުން ގެންދަނީ ކުކުޅާއި ކުކުޅުމަހުގެ ތަފާތު ބާވަތްތަކާއި ގެރިމަހާއި ބަކަރިމަހާއި ތާޒާ ކުކުޅުބިހާއި ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެތެރެކޮށް ވަރަށް ހެޔޮއަގުތަކުގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކަމުންނެވެ.