ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ އެންމެ 265 ރުފިޔާއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ އެންމެ 265 ރުފިޔާއަށް!

ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ އައު އޮފާރއެއް ނެރެފިއެވެ. 'ސަޅި 2 ވީކްސް' ގެ މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ދުވާލަކު 5ޖީބީ ގެ ޑޭޓާ އެންމެ 265 ރުފިޔާއަށް ލިބޭނެއެވެ.

ދިރާޣުން ބުނެފައިވަނީ ޖުމްލަ 70ޖީބީ ލިބޭ މި 'ސަޅި 2 ވީކްސް' އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  https://bit.ly/Dhiraagu-App  ނުވަތަ 343 އަށް ‘S1GB14’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް ނެގޭނެ ކަމަށެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު:  https://bit.ly/3xpM4WP )

ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.

މިއަދު އޮންލައިން