ލައިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ލައިނިން މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ބެޑްމިންޓަންގެ 2022 ވަނަ އަހަރުގެ ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާކިޓްގައި ހިމެނޭ ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފިއެވެ.

މި ޓޯނަމަންޓާކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަދި ބެޑްމިންޓަން އޭޝިއާ ގުޅިގެން އިންތިޒާމުކޮށް ބާއްވާ އިވެންޓެކެވެ. 

ބީޑަބްލިއުއެފް ކޮންޓިނެންޓަލް ސާރކިޓް އެކުލެވިގެންވަނީ ތިން ލެވެލްއަކަށް ބަހާލެވިފައިވާ 70 ޓޯނަމެންޓެއްގެ މައްޗަށެވެ. މި ލެވެލްތަކަކީ އިންޓަނޭޝަނަލް ޗެލެންޖް (ލެވެލް 1)، އިންޓަނޭޝަނަލް ސީރީޒް (ލެވެލް 2) އަދި ފިއުޗާ ސީރީޒް (ލެވެލް 3) އެވެ. ކޮންމެ މުބާރާތަކުންވެސް މޮޅުވާ ކުޅުންތެރިންނަށް ބީޑަބްލިއުއީއެފްގެ ޕްއިންޓް ސިސްޓަމްގެ ދަށުން ތަފާތު ރޭންކިންގ ޕޮއިންޓް ލިބޭނެއެވެ. 

މި މުބާރާތުގެ ރާއްޖޭގައި ބޭއްވޭ އިންޓަރނޭޝަނަލް ޗެލެންޖް ކުރިއަށް ދާނީ 18 އިން 23 އޮކްޓޫބަރު 2022 ނިޔަލަށް މާލެ ކުޅިވަރު އެކުވެނީގައެވެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 25 ޤައުމެއްގެ ކުޅުންތެރިން މި ޓޯނަމަންޓުގައި ބައިވެރިވާނެއެވެ. 

ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތަކުރަމުން ދާނީ ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އައު ފުރުޞަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އެހީތެރިވެ އެއްބާރުލުންދިނުން ކަމަށެވެ.

 

މިއަދު އޮންލައިން