ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެތެރެކޮށް ހެޔޮ އަގުތަކުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްތަކުން މެންޑަރިން އޮރެންޖްގެ އަގު ހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
ކިލޯއެއް ވަކިން 60 ރުފިޔާއަށް ވިއްކާއި 10 ކިލޯގެ ކޭހެއް ވިއްކަނީ 550 ރުފިޔާއަށެވެ.

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ މެންޑަރިން އޮރެންޖްގެ އަގުހެޔޮކުރީ މިވަގުތު ބާޒާރުގައި އޮރެންޖް ލިބުން މަދުވެ ބޮޑުތަނުން އަގު އުފުލިފައިވާތީ ކަސްޓަމަރުންނަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
"މިއީ ވަރަށް ފެންވަރު ރަނގަޅު ތާޒާ މެންދަރިން. ހަމަ ބެސްޓް ކޮލިޓީގެ. ޖޫސް ގިރައިލަންވެސް ހަމަ އެންމެ ބެސްޓްވާނެ. ވަކިން ކާލަންވެސް ފޮނިވެފައި އެހައި މީރުވާނެ."
ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލިގެންދާ ވަގުތުތަކުގައި ކަސްޓަމަރުންގެ ޖީބުތަކަށް ލުއިކޮށްދިނުމުގެ ގޮތުން ކޮށްދެވެން ހުންނަ ކަންކަން އުފަންވެލި ޝޮޕްތަކުން ގެންދަނީ އަބަދުވެސް ކޮށްދެމުންކަން ފާހަގަކުރެވެއެވެ.