ދިރާގުގެ "ސަޅި މަންތުލީ 2 ޖީބީ" އެޑް-އޮންއާއިއެކު ކޮންމެ ދުވަހަކު 8 ޖިބީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ދިރާގުގެ "ސަޅި މަންތުލީ 2 ޖީބީ" އެޑް-އޮންއާއިއެކު ކޮންމެ ދުވަހަކު 8 ޖިބީ!

ދިރާގުގެ އަޕްގްރޭޑަޑް 'ސަޅި މަންތުލީ 2ޖީބީ' އެޑް-އޮންއާއިއެކު ކަސްޓަމަރުންނަށް މިހާރު އިތުރު ޑެއިލީ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

މި އައު އޮފާރއާއި އެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ދުވާލަކު 8ޖީބީ ޑެއިލީ ޑޭޓާ – ހަމަ އެންމެ 745 ރުފިޔާއަށް ލިބޭނެއެވެ.

މަހަކު ޖުމްލަ 240ޖީބީ ލިބޭ މި 'ސަޅި މަންތުލީ 2ޖީބީ' އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް  https://bit.ly/Dhiraagu-App ނުވަތަ 343 އަށް ‘S2GB30’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް ނެގޭނެއެވެ. 

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު:  https://bit.ly/3xpM4WP )

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް އެކުންފުނިން ވަނީ ބުނެފައެވެ.

  

މިއަދު އޮންލައިން