ދިިރާގު ޓީވީގެ ޚިދުމަތް ހުއްޓާލަން ޖެހިދާނެ: ދިރާގު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ދިިރާގު ޓީވީގެ ޚިދުމަތް ހުއްޓާލަން ޖެހިދާނެ: ދިރާގު

ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ޤަވާއިދަށް މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން މިއަހަރު ގެންނެވި ބަދަލާއި ގުޅިގެން ދިރާގު ޓީވީ ލައިސަންސް އައުކުރުމުގެ ފުރުސަތު މިވަގުތު ދިރާގަށް ބަންދުވެފައި ވީނަމަވެސް، އެކުންފުނިން ބުނެފައިވަނީ ތިބީ ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދުގައި ކަމަށެވެ.

މިކަމާގުޅިގެން އެކުންފުނިން ކަމާއި ބެހޭ މުއައްސަސާތަކާއި އަދި އެމްބީސީ އާއި މަޝްވަރާކުރަމުންދަނީ ދިރާގަށް ލައިސަންސް އައުކުރެވޭނޭ ގޮތެއް ހޯދުމަށް ކަމަށާއި ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ޚިދުމަތުގެ ލައިސެންސް ޖަނަވަރީ 2023 ގައި މުއްދަތު ހަމަވުމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގައި ކަމާއި ބެހޭ މުއައްސަސާތަކާއިއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާއި ޙިއްސާކުރާނެކަމަށް އެކުންފުނިން މިއަދު ވަނީ ހާމަކޮށްފައެވެ.

ދިރާގު ޓީވީފެށުމާއި އެކު ކަސްޓަމަރުންގެ ފަރާތުން އެޚިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔައެވެ. އަދި މިކަމަށްޓަކައި ދިރާގު ޓީވީ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ބޭނުން ކުރައްވަމުންދާ އެތައް ހާސް ކަސްޓަމަރުންނަށް އެ ކުންފުނިން ވަރަށް އިޚުލާސްތެރިކަމާއި އެކު ޝުކުރުދެންނެވިއެވެ. ކަސްޓަމަރުންނަށް ދެމުންދާ މިޚިދުމަތް ކުރިޔަށް ގެންދެވޭނޭ ގޮތެއް ވޭތޯ ބެލުމަށް އަދިވެސް އެކުންފުނިންދަނީ މަސައްކަތް ކުރަމުންނެވެ.

ދިރާގު ޓީވީގެ ޚިދުމަތް ކުރުމުއްދަތެއްގެ ތެރޭގައި މިވަނީ ރަނގަޅު ފެންވަރެއް ގައި ފޯރުކޮށްދީ، އަދި އަގު ގައި އެއްވެސް ތަފާތު ކުރުމެއްނެތި 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަން ގައި ރާއްޖޭގެ %85 ގޭބިސީއަށް (90 ރަށަށް) ލިބުމުގެ މަގު ފަހިކޮށްދީފައެވެ. މި ފުރުސަތުގައި ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ދެއްވަމުންގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކޮށް ދިރާގު ޓީވީގެ ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން މިޚިދުމަތަށް ލިބެމުންދާ ތަރުޙީބުކަން އެ ކުންފުނިން ފާހަގަކުރެއްވިއެވެ.

 

މިއަދު އޮންލައިން