މިޔަހެލި 7 ވަނަ އެޑިޝަނަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 2މ 30ސ
މިޔަހެލި 7 ވަނަ އެޑިޝަނަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މިޔަހެލި 7 ވަނަ އެޑިޝަނަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 19 އޮކްޓޯބަރ 2022 ގައެވެ.

އެހެން އަހަރުތަކާ ހިލާފަށް 2022 ވަނަ އަހަރުގެ ސޯޝަލް އިނޮވޭޝަން ޗެލެންޖަކީ މަދަނީ ޖަމިއްޔާތަކަށް "އިނޮވޭޝަން ފޯ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ" މި ޝިއާރުގެ ދަށުން ހުޅުވާލެވިފައިވާ ޗެލެންޖެކެވެ. މިޔަހެލި 2022 އަށް ޝައުގުވެރިވާ މަދަނީ ޖަމިއްޔާތަކުން ރަޖިސްޓަރ ވުމަށް https://bit.ly/3Tak3Le ޒިޔާރާތްކޮށްލައްވާށެވެ.

"ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްއާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ހައްލު ހޯދުމާއި، މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މިޔަހެލި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުސަތު މި އަހަރުވެސް މި ހުޅާވަލީ ނުހަނު އުފަލާއެކު. މިއަހަރުގެ މިޔަހެލިއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާޖަމާޢަތްތަކުގެ ޚިޔާލުތައް ޙަޤީޤަތަކަށް ހަދައި، ރައްޔިތުންނަށާއި، އަޅުގަނޑުމެންގެ ދުނިޔެއަށް ފާގަތި މުސްތަޤްބަލެއް ކަށަވަރުކުރުމަށްޓަކައި ފުރުޞަތުތައް ތަނަވަސްކޮށް، މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް. މިއަހަރުގެ ބައިވެރިންގެ ފަރާތުންވެސް އީޖާދީ އަދި މުހިންމު ހައްލު ތަކާއެކު ވަރަށް ފުރިހަމަ ކޭމްޕް އެއް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ

އެހެން އަހަރުތަކެކޭވެސް އެއްފަދައިން، ބައިވެރިވާ ޓީމުތަކަށް ބޭނުންވާ ވަސީލަތްތަކާއި އިތުރު ޢިލްމާއި އިރުޝާދު މެންޓަރުންނާއި ފެސިލިޓޭޓަރުންގެ ފަރާތުން އެފަރާތްތަކުގެ ޚިޔާލުތައް ބިނާކުރުމަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ބައިވެރިވާ ޓީމްތަކަން މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިސްނައިގެން ގެންނަން ބޭނުންވާ މުހިންމު އިޖުތިމާއީ ބަދަލުތައް ދެނެގަނެ އެހިޔާލުތައް އިތުރަށް ފުރިހަމަކުރުމަށް އުރީދޫ މޯލްޑިވްސް އާއި ޓެކްނިކަލް ދާއިރާތަކުން ބައިވެރިވާ މެނޓަރުން އެހީތެރިވުމަށް ޓީމްތަކާއެކު ހަރަކާތްތެރިވާނެއެވެ. މިޔަހެލި ސޯޝަލް އިނޮވޭޝަން ޗެލެންޖުގެ ސަބަބުން މަދަނީ ޖަމްއިއްޔާތަކުގެ އާންމު ހަރަކާތްތަކުގެ ބޭރުން އީޖާދީ ހައްލުތައް ހޯދުމަށް ހިތްވަރު ލިބިގެންދާނެ އެވެ.

މިޔަހެލި ކޭމްޕްގައި ބައިވެރިވުމަށް 13 މަދަނީ ޖަމިއްޔާއެއް ހޮވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 3 ޖަމިއްޔާއެއްގެ ހިޔާލު ޕައިލެޓް ކުރުމުގެ ފުރުސްތު ލިބިގެންދާނެއެވެ. މޮޅުވާ ތިން ޓީމަށް ތިން ލައްކަ ރުފިޔާގެ ސީޑް ފަންޑިންއާއި، ހުށަހަޅާފައިވާ ބަޖެޓާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މެންޓަޝިޕް ދިނުމަށް ހަމަޖެހިފައިވާއިރު، އެ ޚިޔާލުތައް ކުރިއެރުވުމަށް މިޔަހެލި ޕްރޮގްރާމް އިން މަސައްކަތްކުރާނެއެވެ. މިޔަހެލީގެ ގްރާންޓް ލިބޭ 3 ފަރާތުން 2 ސްލޮޓް ހާއްސަކުރާނީ ސ މާލެ ސަރަހައްދުން ބޭރުގައި ހިންގާ މަދަނީ ޖަމިއްޔާތަކަށެވެ.

މިޔަހެލި 2022 އަކީ އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން 2016 ވަނަ އަހަރު ރަސްމީކޮށް ތައާރަފްކުރި ސޯޝަލް އިނޮވޭޝަން ކޭމްޕެކެވެ. 

މިއަދު އޮންލައިން