"ޤައުމުގެ ދީނީ ޙާލަތަށް ޢިލްމްވެރިން ކަންބޮޑުވެވަޑައިނުގަންނަވަނީއެއް ނޫނެވެ! ކަންބޮޑުވާންޖެހޭ ކަންކަން ގިނަކަމުން ކޮންމެ ކަމެއްގެ ފަހަތުން ނުދުވެވެނީއެވެ! ކޮންމެ ޢިލްމުވެރިއަކަށްވެސް ކޮންމެ ދުވަހަކުވެސް އުޅުއްވަން ޖެހިވަޑައިގެންފައިވަނީ ކޮންމެވެސް ކަމެއްގެ ކަމެއްގެ ފަހަތުންނެވެ.
އެކި ޢިލްމްވެރިން އެކިއެކި ކަންކަމުގެ ފަހަތުންނެވެ. އެހެންވީމާ ހުރިހާ ޢިލްމުވެރިންނަށް ކޮންމެ ކަމެއްގައި ބަސްފުޅު ވިދާޅުނުވެވެނީއެވެ. އެއީ އެއްވެސް ޙާލެއްގައި ވަކިކަމަކަށް ކަންބޮޑުވެވަޑައިނުގަންނަވާތީއެއް ނޫނެވެ.
މިހެން މިދިމާވަނީ ކޮންމެ ދުވަހަކީވެސް ކަންބޮޑުވާންޖެހޭ އެތައް ގިނަ ކަންތައްތަކެއް ކުރިމަތިވާ ދުވަހަކަށްވީމާ މިގޮތް މެދުވެރިވަނީއެވެ. ހިނގަމުންދާ އިސްލާމްދީނާ ޚިލާފް ކޮންމެ ކަމަކަށް ޖަމިއްޔާ ޖަމާޢަތްތަކުން ބަޔާން ނެރެންވެއްޖެނަމަ އެކަން ކުރެވެން އޮތް ގޮތަކީ އަބަދުވެސް ތައްގަނޑު ހިފައިގެން ބަޔާން ނެރެން މީހަކު ތައްޔާރަށް ހުރުމެވެ."
މިއީ ރާއްޖޭގެ އެންމެ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިއަކު މިއަދު މިއަދު މިއަދުނޫހަށް ވިދާޅުވެފައިވާ ބަސްފުޅެކެވެ. ބަސްފުޅަށް ރަނގަޅަށް ވިސްނަވައިލައްވާށެވެ. ރައްޔިތުން ވައުވައްދުވަން ރައީސް އިބްރާހީމް ޢާއި ޝައިޚް އިމްރާން ދައްކަވާ ވާހަކަތައް ކިތަންމެ ފަށުވި ނަމަވެސް ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތުގެ ޙަޤީޤަތް ޝައިޚް ބަޔާންކުރައްވާފައި އެވަނީ ވަރަށް ސާފު ބަހުންނެވެ.
ނަޞްރަކީ ދުވަހެއް ފާހަގަކުރުމުން ލިބޭނެ އެއްޗެއް ނޫނެވެ. ﷲ ދެއްވެވުމުން ލިބޭނެ އެއްޗެކެވެ. ވީމާ ﷲ ގެ ޙަޟްރަތުން ނަޞްރަށް އެދޭނަމަ މިކަންކަމަށް ފުންކޮށް ވިސްނައި ﷲ ގެ ދީން މަތިވެރިކުރަން މަސައްކަތްކުރަން އެބަޖެހޭ ނޫންތޯއެވެ؟