ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފި!

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.

ނައްތާލެވުނު ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަނގުރާ އެކުލެވޭ ބާވަތްތަކާއި، ދުންފަތުގެ ބާވަތްތަކާއި، ބޭހާއި، ކާބޯތަކެއްޗާއި، ޤާނޫނާ ގަވާއިދާ ޙިލާފް ތަކެއްޗެވެ.

ކަސްޓަމުން ބުނެފައިވަނީ މި ތަކެތި ނައްތާލާފައިވަނީ 27 އޮކްޓޯބަރު 2022 އަދި 12 ނޮވެންބަރު 2022 މި ދެދުވަހު ހދ.ކުޅުދުއްފުށި އަދި ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުތަކުގައި ކަމަށެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން