"ފުޓުބޯޅަ ފޯރި" ގެ ނަމުގައި އުރީދޫއިން ސްޓިކާ ޕެކެއް މިއަދު ނެރެފިއެވެ.
އުރީދޫން ބުނެފައިވަނީ ވައިބާ އަދި ޓެލެގްރާމް ބޭނުންކުރާ މީހުންނަށް އުރީދޫ އިން ނެރުނު ސްޓިކާޕެކް މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށާއި މި ފަހަރު ނެރުނު ސްޓިކާ ޕެކްގައި ހުންނާނީ ފުޓުބޯޅައާ ގުޅުން ހުރި ސްޓިކާ ތައް ކަމަށެވެ.
މި ސްޓިކާ ޕެކުގައި "ސަޅި ގޯލު"، "މިފަހަރު މޮޅުވާނެ"، "ދަނޑުން ފައިބާ" ފަދަ ލަފުޒުތައް ހިމެނެއެވެ.
