ފަންސާސް ރުފިޔާގެ އައު ޗާޕު މިއަދުން ފެށިގެން ދައުރުކުރަމުންދާނެ: އެމްއެމްއޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ފަންސާސް ރުފިޔާގެ އައު ޗާޕު މިއަދުން ފެށިގެން ދައުރުކުރަމުންދާނެ: އެމްއެމްއޭ

50 ރުފިޔާގެ އައު ޗާޕު 1 ޑިސެންބަރު 2022 އިން ފެށިގެން ދައުރުކުރަމުންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އަލަށް ޗާޕުކޮށްގެން ނެރޭ 50ރުފިޔާގެ އާޗާޕުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. މި ނޫޓުގައި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވާތްފަރާތުގެ މަތީގައިވާ މޫނުމަތީގެ އަގާއެކުއެވެ. އަދި ނޫޓުގެ ފަހަތުގެ ކަނާތް ފަރާތުން މަތީގައިވާ މޫނުމަތީގެ އަގާއެކުއެވެ.

ނޫޓުގައި ސޮއިކުރައްވާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލްފާޟިލް ޢަލީ ހާޝިމެވެ. ނޫޓުގައިވާ ތާރީޚަކީ 08 ސެޕްޓެންބަރު 2022، 12 ޞަފަރު 1444އެވެ.

މި ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެއެވެ.

 

މިއަދު އޮންލައިން