28 ސިއްހީ މަރުކަޒަކަށް އުރީދޫން ހެލްތް ކިޓް ހަދިޔާކޮށްފިއެވެ.
މިކަމާގުޅިގެން އުރީދޫއިން ބުނެފައިވަނީ ހެލްތް ކިޓް ހަދިޔާކުރި ރަށްތަކުގެ ތެރޭގައި ހއ. އަތޮޅާއި ހދ. އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒުތަކަކާއި ބ. ކުޑަރިކިޅި ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒުގެ އިތުރުން އދ. މާމިނގިލީގެ ސިއްހީ މަރުކަޒު ހިމެނޭކަމަށެވެ.
އުރީދޫން ހަދިޔާކުރި ހެލްތު ކިޓްގެ ތެރޭގައި، ސިއްޙީ މަރުކަޒަކަށް ބޭނުންވާ ޒަރޫރީ ސާމާނާއި، ސްޓެތެސްކޯޕާއި، ޑިޖިޓަލް ސްފިގްމަމަނޯމީޓަރާއި ޕަލްސް އޮކްސިމީޓަރާއި އޮޓޮސްކޯޕާއި ޑިޖިޓަލް ތާމޯމީޓަރުގެ އިތުރުން ނެބިއުލައިޒަ މެޝިނެއް ހިމެނެއެވެ.
މި އަހަރު ކުރީކޮޅު ވެސް ރާއްޖޭގެ ބައެއް ސިއްހީ މަރުކަޒުތަކަށް އުރީދޫން އިން ވަނީ ހެލްތު ކިޓް ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫގެ ސިއްހީ މަރުކަޒުތައް ހިމެނެ އެވެ.
ސިއްހީ މަރުކަޒުތަކަށް އުރީދޫން ދޭން ފެށި މި އެހީ އަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދޭން ފެށި އެހީއެކެވެ.