އުފަންވެލި ޝޮޕްތަކުން ހޮނިހިރު ދުވަހުން ފެށިގެން އޮރެންޖެއް އެންމެ 4 ރުފިޔާއަށް ވިއްކާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އުފަންވެލި ޝޮޕްތަކުން ހޮނިހިރު ދުވަހުން ފެށިގެން އޮރެންޖެއް އެންމެ 4 ރުފިޔާއަށް ވިއްކާނެ!

މިމަހުގެ 10 ވާ ހޮނިހިރު ދުވަހުން ފެށިގެން އުފަންވެލި ޝޮޕްޕަކުން އޮރެންޖެއް ރީޓޭލްކޮށް ވިއްކާނީ އެންމެ 4 ރުފިޔާއަށެވެ. އަދު 105 ކައުންޓުގެ ކޭހެއް 400 ރުފިޔާއަށް ވިއްކާނެއެވެ. 

ރާއްޖެއަށް ތަފާތު ގިނަ ބާވަތްތަކުގެ ކާބޯތަކެތި އެތެރެކޮށް ހޯލްސޭލް/ ރީޓޭލްކޮށް މާކެޓްކުރަމުން ގެންދާ އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ އޮރެންޖެ ރާއްޖޭގެ ބާޒާރުން ހުސްވެ އަގުއުފުލުނީ ސައުތު އެފްރިކޯގެ ޕޯޓުގައި ކުރި ހަޅުތާލާއި ގުޅިގެން ޝިޕްމަންޓްތައް ލިބުން މެދުކެނޑުމުން ކަމަށެވެ. 

މާލެއިން އޮރެންޖް ހުސްވެ އަގުއުފުލިގެންދިއުމުން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތައް ޙައްލުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން އުފަންވެލި ޝޮޕްތަކުން ވަނީ ބޮޑު ޚަރަދުކޮށްގެން އެއާފްރޭޓްކޮށް އޮރެންޖެ އެތެރެކޮށް ކޮންމެ އޮރެންޖަކުން 3 ރުފިޔާ ގެއްލުންކޮށްގެންވެސް ވިއްކާފައެވެ. 

"މިހާރުވެސް ތާޒާ ކުކުޅާއި ކުކުޅުގެ ބާވަތްތަކާއި (ޙަލާލްކަން ޔަޤީން، ތުރުކީގެ މޮޅު އުފެއްދުންތައް) ބަކަރިމަހާއި އެއްގަމު މަހުގެތަފާތު ބާވަތްތައްވެސް މިގެންދަނީ ވަރަށް ހެޔޮ އަގުތަކުގައި ވިއްކަމުން. ތާޒާ އިނގުރުގެ މުޅިނަ އައު ޝިޕްމަންޓެއް ލިބި އެވެސް މިގެންދަނީ ވިއްކަމުން. ކުކުޅު ބިސްވެސް ހަމަ އެންމެ ހެޔޮ އަގުގައި މިވިއްކަނީ ކޮލިޓީއަށް ޔަޤީންކަންދެމުން-" ކަމަށް މަޑިހާ ކޮމްޕެނީން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން