އުރީދޫ ފީފާ މުބާރާތަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އުރީދޫ އިން ބުނެފައިވަނީ މި މަހު 16 ގައި ފެށުމަށް ހަމަޖެހިފައިވާ ނޭޝަން ފީފާ ޓޯނަމެންޓްގައި ރެޖިސްޓަރ ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 15 ގެ ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެކަމަށެވެ.
އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިންގް ފުވައްމުލައް އަތޮޅު ކައުންސިލާއި މަންނަމް ކެފޭ އަދި ކްލަބް ކޮރަލްސް ގުޅިގެން މާލެ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ހިމެނޭ ހަތަރު ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ރަޖިސްޓްރީކޮށްފައިވާ ބައިވެރިން މުބާރާތުގެ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖާއި ސެމީ ފައިނަލް އަދި ފައިނަލް ހިމެނޭ ގޮތަށް 4 މަރުހަލާއެއްގައި ވާދަކުރާއިރު، އީއޭ ފީފާ އޮންލައިން މުބާރާތްތަކުގެ ރަސްމީ ގައިޑްލައިންތަކާ އެއްގޮތަށް ބައިވެރިން އަމަލުކުރަން ޖެހެ އެވެ.
އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް ގެ ގިފްޓް ޕާޓްނަރު ރެޑްވޭވްއިން އަގުހުރި އިނާމުތަކެއް މި މުބާރާތަށް ހުށަހަޅާފައިވެ އެވެ. އެގޮތުން އެއްވަނަ އަށް ދާ ފަރާތަށް ނިކާއީ 65" ސްމާޓް ވެބް އޯއެސް 4ކޭ ޔޫއެޗްޑީ ޓީވީ، ދެވަނައަށް ދާ ފަރާތަށް ގޭމިން ކިޓް (ކީބޯޑް، މައުސް، ހެޑްފޯން އަދި މައުސް ޕެޑް) އަދި ތިންވަނަ އަށް ދާ ފަރާތަށް ހައިސެންސް ބާ އެޗްއެސް201-60 2.0 ޗެނަލް ސައުންޑްބާއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އުރީދޫ ނޭޝަން ފީފާ މުބާރާތަކީ ގޭމް ކުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ގަތަރު 2022 ގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން އެ ކުންފުނީގެ އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން މި މަހުގެ ކުރީކޮޅު އިއުލާނުކުރި މުބާރާތެކެވެ.