އުފަންވެލި ޝޮޕްތަކުން ކުކުޅުގެ ބައެއް ބާވަތްތަކާއި ތާޒާ މޭބިސްކަދުރު އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.
ކްރިމްސަން މޭބިސްކަދުރު 4.5 ކިލޯގެ ކޭހެއް އެންމެ 320 ރުފިޔާއަށް އަދި ރެޑް ގްލޯބް މޭބިސްކަދުރު 4.5 ކިލޯގެ ކޭހެއް ވިއްކަނީ އެންމެ 360 ރުފިޔާއަށެވެ.

450 ގްރާމްގެ ކުކުޅު މޭ ކޭހެއް ވިއްކަނީ އެންމެ 11.25 ރުފިޔާގެ ރޭޓުންނެވެ. 450 ގްރާމްގެ ކުކުޅު ކުރަނޑި ކޭހެއް ވިއްކަނީ އެންމެ 12.50 ރުފިޔާގެ ރޭޓުންނެވެ. 700 ގްރާމްގެ ޗިކަން ސްޓްރިޕްސް ކޭހެއް ވިއްކަނީ އެންމެ 45.83 ރުފިޔާގެ ރޭޓުންނެވެ. 700 ގްރާމްގެ ޗިކަން މިނި ސްޓްރިޕްސް ކޭހެއްވެސް ވިއްކަނީ އެންމެ 45.83 ރުފިޔާގެ ރޭޓުންނެވެ.

މިބާވަތްތަކާއި މީގެ އިތުރުންވެސް ފަރިއްކޮޅަށް ބޭނުންވާ ތަފާތު ބާވަތްތައް އުފަންވެލި ޝޮޕްތަކުން ރީޓޭލްކޮށްވެސް ގެންދަނީ ވަރަށް ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.

