އުފަންވެލި ޝޮޕްތަކުން އޮރެންޖް ހޯލްސޭލާއި ރީޓޭލްކުރާ އަގު ހެޔޮކޮށްފި އެވެ.
އޮރެންޖެއް ވަކިން އެންމެ 3.50 ރުފިޔާ އަށް ވިއްކާއިރު 105 ކައުންޓުގެ އޮރެންޖު ކޭހެއް ވިއްކަނީ އެންމެ 300 ރުފިޔާއަށެވެ.
އުފަންވެލި ޝޮޕްތަކުން މީގެ އިތުރުން ކުކުޅާއި އެއްގަމު މަހުގެ ތަފާތު ބާވަތްތަކުގެ އިތުރުން ތުރުކީގެ އިތުބާރު ކުރެވޭ ކުކުޅުމަހުގެ ތަފާތު އުފެއްދުންތަކާއި ކުރަނޑިފަދަ ތަކެތިވެސް ވަރަށް ހެޔޮއަގުތަކުގައި ވިއްކަމުން ގެންދާ ކަމަށެވެ.
18 ލިޓަރުގެ ކުކިންގއޮއިލް ހަމެއްވެސް 375 ރުފިޔާއަށް ވިއްކަމުން ގެންދާކަމަށްވެސް ބުނެފައިވެއެވެ.