ފާއިތުވި ނޮވެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެއްޖެއެވެ.
ވަނަ އަހަރުގެ ނޮވެމްބަރ މަހު ދިވެހިރާއްޖެއަށް 4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދުވަނީ 4.6 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.
މީގެއިތުރުން، ފާއިތުވި ނޮވެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު 11 އިންސައްތަ ވަނީ އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހު 322 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދުވަނީ 359 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން ، އިންޑިއާ، ޔޫ.އޭ.އީ، ސިންގަޕޯ އަދި ޗައިނާ އެވެ. އޮމާން އިން 761 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 760 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫ.އޭ.އީ އިން 594 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ސިންގަޕޯ އިން 472 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 420 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.