އުރީދޫއިން މިހައިތަނަށް ބާއްވާ އެންމެ ޚާއްޞަ ކަލަރަން މާދަމާ ހަވީރު 4 ޖަހާއިއރު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަޙައްދުން ފަށާނެއެވެ! ބައިވެރިވެލައްވާ!
މިއީ ހަމަ ކޮންމެ ޢުމުރެއްގެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ ޙަރަކާތެކެވެ. މިފަހަރުގެ އެންމެ ބޮޑު އެއް ތަފާތަކީ ސްޓޭޝަންތަކުން ހަމައެކަނި ކުލަޖެހުމުގެ ބަދަލުގައި ފޯމް އާއި އެހެންވެސް ބައެއް ތަފާތު ބާވަތްތައް ޖަހާނެއެވެ.
މިޙަރަކާތުގައި ބައިވެރިވުމަށް މިހާރުވެސް ވަނީ 5000 އަށްވުރެ ފަރާތްތަކުން ރަޖިސްޓްރީކޮށްފައެވެ.
ކޮންމެ ރޯދަ މަހަކު އުރީދޫއިން ކުރިއަށް ގެންދާ އުރީދޫ މަސްރޭހާއި ކޮންމެއަހަރަކު ބާއްވަމުން ގެންދާ އުރީދޫ ކަލަރަން ފަދަ ޙަރަކާތްތަކަށް ގިނަ ބައެއްގެ ބޮޑު ތަރުޙީބެއް އަބަދުވެސް އަންނަނީ ލިބެމުންނެވެ.