ގޭމް ކުޅޭ ފަރާތްތަކަށް އުރީދޫގެ އާ ގޭމް ޕެކެއް: ސަތޭކަ ރުފިޔާއަށް ސަތޭކަ ޖީބީ ޑޭޓާ

އަހުމަދު
ކިޔުމަށް ހޭދަވާނީ 35ސ
ގޭމް ކުޅޭ ފަރާތްތަކަށް އުރީދޫގެ އާ ގޭމް ޕެކެއް: ސަތޭކަ ރުފިޔާއަށް ސަތޭކަ ޖީބީ ޑޭޓާ

ގޭމް ކުޅޭ ފަރާތްތަކަށް އުރީދޫ އިން މުޅިން އާ ގޭމް ޕެކެއް ތައާރަފު ކޮށްފިއެވެ. 

އުރީދޫއިން ބުނެފައިވަނީ މި ޕެކުގައި އެންމެ 100 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ލިބޭނެ ކަމަށާއި މިއީ ގޭމް ކުޅޭ ފަރާތްތަކާއި ލައިވް ސްޓްރީމް ކުރާ ފަރާތްތަކަށް އެއްވެސް ހުއްޓުމެއް އަދި ދަތިކަމެއް ނެތި އެކަން ކުރެވޭގޮތަށް ތައާރަފު ކުރި ހިދުމަތެއް ކަމަށެވެ.

މި ޕެކް އެކްޓިވޭޓްކޮށްގެން ގޭމިންގ އެންޑް ސްޓްރީމިންއަށް 80 ޖީބީ ލިބޭނެއެވެ. އަދި ރެގިއުލާ ޑޭޓާގެ ގޮތުގައި 20 ޖީބީ ލިބޭނެ ކަމަށް އުރީދޫން އިބް ވަނީ ބުނެފައެވެ.

މި “ގޭމް އޮން” ޕެކް މައި އުރީދޫ އެޕްލިކޭޝަނުން ޑައުންލޯޑް ކުރެވޭނެއެވެ.

 

މިއަދު އޮންލައިން