ވީހާ ހެޔޮއަގުތަކުގައި ކާބޯތަކެތި ކަސްތަމަރުންނަށް ފޯރުކޮށްދޭން އުފަންވެލި ޝޮޕްތަކުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ކުކުޅާ ކުކުޅުގެ ބައެއް ބައިތައް ކުރިއަށް އޮތް 4 ދުވަހަށް އަގުހެޔޮކޮށްފި އެވެ.

އެގޮތުން 10 ކިލޯގެ ކުކުޅު ކޭހެއް ވިއްކާނީ 380 ރުފިޔާއަށެވެ. 450 ގްރާމްގެ ލިވަރ ޕެކެޓެއް އެންމެ 10 ރުފިޔާއަށް ވިއްކާނެއިރު 24 ޕެކެޓްގެ ކޭހެއް ވިއްކާނީ އެންމެ 150 ރުފިޔާއަށެވެ. 700 ގްރާމްގެ ޗިކަން ސްޓްރިޕްސް ޕެކެޓެއް އެންމެ 50 ރުފިޔާއަށް ވިއްކާނެ އިރު 12 ޕެކެޓްގެ ކޭހެއް ވިއްކާނީ އެންމެ 470 ރުފިޔާއަށެވެ.
މިބާވަތްތަކުގެ އިތުރުންވެސް ތަފާތު ގިނަ ބާވަތްތަކުގެ ކާބޯތަކެތި އުފަންވެލި ޝޮޕްތަކުން ގެންދަނީ ވަރަށް ހެޔޮ އަގުތަކުގައި ރީޓޭލްކޮށާއި ހޯލްސޭލްކޮށް ވިއްކަމުންނެވެ.