އެސްއެސްނެޓްއަށް ރަޖިސްޓަރ ކުރުމަށް ދިރާގުޓީވީ ކަސްޓަމަރުންނަށް ޚާއްސަ ޕޯޓަލެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެސްއެސްނެޓްއަށް ރަޖިސްޓަރ ކުރުމަށް ދިރާގުޓީވީ ކަސްޓަމަރުންނަށް ޚާއްސަ ޕޯޓަލެއް!

ދިރާގުޓީވީ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެސް.އެސް.ނެޓް ގެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެއެވެ. 

ދިރާގުޓީވީގެ ހިދުމަތް ހުއްޓާލަން ދިރާގުން ނިންމުމާއި ގުޅިގެން އެކުންފުނިން ވަނީ ދިރާގުޓީވީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެސް.އެސް.ނެޓަށް ރަޖިސްޓަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. ރަޖިސްޓަރ ކުރުއްވާނީ https://register.ssnet.mv/ ޕޯޓަލް މެދުވެރިކޮށެވެ.

ރަޖިސްޓަރ ކުރެއްވުމަށް:

1.  ދިރާގުޓީވީ ކަސްޓަމަރުންނަށް އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ރަޖިސްޓްރޭޝަން ލިންކަށް ފިއްތާލައްވާ. މި ލިންކުގައި ކަސްޓަމަރުގެ ދިރާގުޓީވީ ނަމްބަރާއި އެކައުންޓާއި ގުޅުންހުރި އައިޑީކާޑު/ޕާސްޕޯޓް/ވޯރކް ޕާމިޓް ނަންބަރު ހިމެނޭނެ.

2.  ކަސްޓަމަރުގެ ނަމާއި މޯބައިލް ނަމްބަރާއި އީމެއިލް އެޑްރެސް ޖައްސަވާ

3.  އައިޑީކާޑު/ޕާސްޕޯޓް/ވޯރކް ޕާމިޓްގެ ކޮޕީއެއް އަޕްލޯޑްކޮށްލަވާ

މި  ފޯމް ފުރުއްވުމުން އެސް.އެސް.ޏެޓުން އެޕްލިކޭޝަން ބަލައިގަންނާއެވެ. އަދި އިތުރު މަޢުލޫމާތު އެކުންފުނިން ކަސްޓަމަރުންނާއި ހިއްސާކުރާނެއެވެ. 

7  އަހަރުގެ ހިދުމަތަށް ފަހު 29 ޖެނުއަރީ 2023އިން ފެށިގެން ދިރާގުޓީވީގެ ހިދުމަތް ހުއްޓާލާނެއެވެ.

 

މިއަދު އޮންލައިން