އުފަންވެލި ޝޮޕްތަކުން މޭބިސްކަދުރު ކިލޯއެއް އެންމެ ތިރީސް ރުފިޔާއަށް އަގުހެޔޮކޮށް ހޮނިހިރު ދުވަހުންފެށިގެން ޚާއްޞަ ޕްރަމޯޝަނެއް ފަށަނީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އުފަންވެލި ޝޮޕްތަކުން މޭބިސްކަދުރު ކިލޯއެއް އެންމެ ތިރީސް ރުފިޔާއަށް އަގުހެޔޮކޮށް ހޮނިހިރު ދުވަހުންފެށިގެން ޚާއްޞަ ޕްރަމޯޝަނެއް ފަށަނީ-

ކާބޯތަކެތީގެ އެންމެ ގިނަ ބާވަތްތައް އެތެރެކޮށް ހެޔޮ އަގުތަކުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްތަކުން މޭބިސްކަދުރު ކިލޯއެއް އެންމެ ތިރީސް ރުފިޔާއަށް އަގުހެޔޮކޮށް ވިއްކާ ޚާއްޞަ ޕްރަމޯޝަނެއް ހޮނިހިރު ދުވަހުންފެށިގެން (މާދަމާއިން ފެށިގެން) 3 ދުވަހަށް ކުރިއަށް ގެންދަން ނިންމައިފިއެވެ. 

މިޕްރަމޯޝަންގައި ހެޔޮ އަގުގައި ވިއްކާނީ ކްރިމްސަން މޭބިސްކަދުރެވެ. ރީޓޭލްކޮށް ކިލޯއެއް އެންމެ 30 ރުފިޔާއަށް ވިއްކާނެ އިރު 4.5 ކިލޯގެ ކޭހެއް ވިއްކާނީ އެންމެ 120 ރުފިޔާއަށެވެ. އެއީ ޢާންމުގޮތެއްގައި ގިނަ ފިހާރަތަކުން މޭބިސްކަދުރު އެންމެ ކިލޯއެއް ވިއްކައި އުޅޭއަގަށްވުރެވެސް ހެޔޮ އަގެއްކަން ފާހަގަކުރެވެއެވެ.

މިހާރުވެސް ތަފާތު ގިނަ ބާވަތްތަކުގެ ކާބޯތަކެތި އުފަންވެލި ޝޮޕްތަކުން ގެންދަނީ ވަރަށް ހެޔޮ އަގުތަކުގައި ހޯލްސޭލްކޮށް އަދި ރީޓޭލްކޮށްވެސް ވިއްކަމުންނެވެ.

މިއަދު އޮންލައިން