އުރީދޫ އެމް-ފައިސާގެ ހާއްސަ ޕްރޮމޯޝަން: ކިންގްސްޓަން ޝޯރޫމުން އެމް-ފައިސާ މެދުވެރިކޮށް ގަންނަ ސްކޫޕީ ސައިކަލުން ބޮޑު ޑިސްކައުންޓެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
އުރީދޫ އެމް-ފައިސާގެ ހާއްސަ ޕްރޮމޯޝަން: ކިންގްސްޓަން ޝޯރޫމުން އެމް-ފައިސާ މެދުވެރިކޮށް ގަންނަ ސްކޫޕީ ސައިކަލުން ބޮޑު ޑިސްކައުންޓެއް!

އުރީދޫ މޯލްޑިވްސް އާއި ކިންގްސްޓަން މޯލްޑިވްސް ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލުން ހާއްސަ ޑިސްކައުންޓް އޮފާއެއް ލޯންޗްކޮށްފިއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ކިންގްސްޓަން ޝޯރޫމުން ސްކޫޕީ 2023 މޮޑެލް ސައިކަލަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް 11،899 ރުފިޔާ ގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވައެވެ.

މި އޮފަރ ކުރިއަށް ދާނީ 10 ފެބްރުއަރީ 2023 ގެ ނިޔަލަށެވެ. މި އޮފަރ ގެ ދަށުން ބައްލަވައިގަންނަ ސައިކަލް ކަސްޓަމަރުނަނަށް 99 ދުވަސް ތެރޭ ކިންގްސްޓަން އިން ޑެލިވަރ ކޮށްލަދޭނެއެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ އެފްއެސްއެމް ޕެޓްރޯލް ސްޓޭޝަންތަކުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކިންގްސްޓަން ޝޯރޫމުން އިން ސްކޫޕީ ސައިކަލެއް ލިބޭހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. 14 މެއި 2023 ގެ ކުރިން އެފްއެސްއެމް ޕެޓްރޯލް ޝެޑުތަކުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:

1.      އުރީދޫ އެޕް ޑައުންލޯޑްކުރައްވާ    http://ore.do/app

2.      އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ

3.      މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ

4.      މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ

5.      ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ

6.      ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމަށް ބީއެމްއެލް، އެސްބީއައި، އެމްއައިބީ އަދި އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ކޭޝް އިން ކުރެވޭނެ އެވެ. ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުން ފަދަ ހުރިހާ ހިދުމަތެއް ލިބިގަތުމުގެ އިތުރުން ޕާޓްނަރު މާޗަންޓުންނަށް ފައިސާ ދައްކާ ހާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ. 

މިއަދު އޮންލައިން