ދިރާގުގެ މުޅިން އައު ސަޅި ޕްރީޕެއިޑް ޕްލޭންސްއާއެކު އިތުރަށް މަޖާކޮށްލާ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދިރާގުގެ މުޅިން އައު ސަޅި ޕްރީޕެއިޑް ޕްލޭންސްއާއެކު އިތުރަށް މަޖާކޮށްލާ!

ދިރާގުން އަލަށް ތަޢާރަފްކޮށްފައިވާ ސަޅި ޕްރީޕެއިޑް ޕްލޭންތަކައިއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އިތުރަށް މަޖާކޮށްލެވޭނެއެވެ.   

·  'ސަޅި 180 ޑޭސް': ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ ޑެއިލީ ޑޭޓާ - ޖުމްލަ 720ޖީބީ 180 ދުވަހަށް 2699 ރުފިޔާއަށް ލިބޭނެއެވެ. މި ޕްލޭން ހޯދުމަށް ‘S4GB6M’ ޖަހާފައި 343 އަށް އެސް.އެމް.އެސްކޮށްލުމުން އެކްޓިވޭޓްކުރެވޭނެއެވެ. 

·  'ސަޅި 365 ޑޭސް': މި ޕްލޭންއާއެކު ކަސްޓަމަރުންނަށް ޖުމްލަ 365ޖީބީ 1 އަހަރުގެ މުއްދަތަށް 2999 ރުފިޔާއަށް ލިބިގެންދާނެއެވެ. މި ޕްލޭން ހޯދުމަށް ‘S1GB1Y’ ޖަހާފައި 343 އަށް އެސް.އެމް.އެސްކޮށްލުމުން އެކްޓިވޭޓްކުރެވޭނެއެވެ. 

މި ސަޅި ޕްރީޕެއިޑް ޕްލޭންތައް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށްވެސް  https://bit.ly/Dhiraagu-App  އެކްޓިވޭޓްކޮށްލެވޭނެއެވެ. 

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭންއިން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު:  https://bit.ly/3xpM4WP )

ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.

 

މިއަދު އޮންލައިން