ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ކޯލްސް އަދި އެސް.އެމް.އެސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ކޯލްސް އަދި އެސް.އެމް.އެސް

ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގެނެވުނު ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް މިހާރު "ލިމިޓްލެސް" ސޯޝަލް މީޑިއާ، އެސް.އެމް.އެސް އަދި ކޯލްސް ލިބޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

އަޕްގްރޭޑްކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަކީ: 

• ޕޯސްޓްޕެއިޑް 1000: 40 ޖީބީ ކޯރ ޑޭޓާ + "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ. 

• ޕޯސްޓްޕެއިޑް 1700: 100 ޖީބީ ކޯރ ޑޭޓާ + "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ. 

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިއްބައިދޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކުރުމަށް. މިގޮތުން މިގެނުވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ގިނަ ޑޭޓާ ލިބި އަދި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ." ދިރާގުގެ މެނޭޖަރ ކަސްޓަމަރ ވެލިއު މެނޭޖްމެންޓް، އައިޝަތު އިޝާނާ ވިދާޅުވިއެވެ. 

އަޕްގްރޭޑްކުރަން ބޭނުންވާ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް  https://bit.ly/Dhiraagu-App  މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ. 

މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، http://bit.ly/3lqQGbJ

ދިރާގުން ބުނެފައިވަނީ މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށެވެ.  

 

މިއަދު އޮންލައިން