ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ކުރިއަށްދާ 'ސަޅި މަންތުލީ' ޕްރޮމޯޝަނާއެކު އިތުރު ޖީބީ ލިބޭނެއެވެ. މި ޕްލޭނާއެކު ކަސްޓަމަރުންނަށް މިހާރު އެންމެ 495 ރުފިޔާއަށް 30 ދުވަހުގެ ނިޔަލަށް 3ޖީބީ ޑެއިލީ ޑޭޓާ ނެގޭނެއެވެ.
ދިރާގުން ބުނެފައި ވަނީ މަހަކު ޖުމްލަ 90ޖީބީ ލިބޭ މި ޕްލޭން ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް ‘S2GB30’ ޖަހާފައި އެސް.އެމް.އެސްއެއްވެސް ކުރުމަށެވެ. ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ.
އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު: https://bit.ly/3xpM4WP )
ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.