ކޮންމެ ހަފްތާއަކުހެން ކާބޯތަކެތީގެ ކޮންމެވެސް ބާވަތްތަކެއް ޚާއްޞަ އަގުތަކެއްގައި ވިއްކަމުން އަންނަ އުފަންވެލި ޝޮޕްތަކުން ކުރިއަށް އޮތް 2 ދުވަހަށް ބައެއް ވާތްތަކުގެ ކާބޯތަކެތި އަގުހެޔޮކޮށްފިއެވެ.
އެގޮތުން އަގުހެޔޮކުރި ތަކެތީގެ ތެރޭގައި އޮރެންޖެ ހިމްނެއެވެ. އޮރެންޖެއް ވަކިން އެންމެ 2 ރުފިޔާއަށް ވިއްކާނެއިރު ކޭހެއް ވިއްކާނީ 200 ރުފިޔާއަށެވެ. ފެހި އާފަލެއް އެންމެ 3 ރުފިޔާއަށް ވިއްކާނެއިރު ކޭހެއް ވިއްކާނީ އެންމެ 350 ރުފިޔާއަށެވެ.
މީގެ އިތުރުން ޗިކަން ލިވަރ، ލަންކާ ހޯލްޗިކަން، ޗިކަން ސްޓްރިޕްސް، އަދި ރޯއިނގުރުވެސް ވަނީ އަގުހެޔޮކޮށްފައެވެ.

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ މިބާވަތްތައް މި ޚާއްޞަ އަގުތަކުގައި ވިއްކާނީ ހަމައެކަނި ބުރާސްފަތިދުވަހާއި ހުކުރު ދުވަހު ކަމަށެވެ.