މެންދުރު ނަމާދުގެ ރަވާތިބު ސުންނަތުގެ 4 ރަކުޢަތް ކުރާއިރު 2 ރަކްޢަތްކޮށްފަ ސަލާމްނުދީ 4 ރަކްޢަތް އެކުގަ ކުރެވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މެންދުރު ނަމާދުގެ ރަވާތިބު ސުންނަތުގެ 4 ރަކުޢަތް ކުރާއިރު 2 ރަކްޢަތްކޮށްފަ ސަލާމްނުދީ 4 ރަކްޢަތް އެކުގަ ކުރެވިދާނެތޯ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد 

ޖުމްހޫރު ޢިލްމުވެރިން ގަބޫލު ކުރައްވާ ގޮތުގައި ދުވާލުގެ ވެސް އަދި ރޭގަނޑުގެ ވެސް ސުންނަތް ނަމާދު ކުރަން ޖެހޭނީ ދެރަކްޢަތުން ދެރަކްޢަތުންނެވެ. އަދި ކިއެއްތަ އިމާމް އަޙްމަދު ފަދަ ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ވިތުރި ފިޔަވާ އެހެން ހުރިހާ ސުންނަތް ނަމާދެއް ކުރަން ޖެހޭނީ ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދިނުމަށް ފަހުގައެވެ. އަދި މިނޫންގޮތަކަށް ސުންނަތް ނަމާދު ކޮށްގެން ޞައްޙަ ނުވާނެ ކަމުގައިވެސް ވިދާޅުވެއެވެ. ދަލީލަކީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ޙަދީޘް ފުޅެވެ. 

{صَلاَةُاللَّيْلِوَالنَّهَارِمَثْنَىمَثْنَى}رواهالترمذي ( 597 ) وأبوداود ( 1295 ) والنسائي ( 1666 ) وابنماجه ( 1322)..މާނައަކީ: "ރޭގަނޑާއި ދުވާލުގެ ނަމާދުތައް ދެރަކްޢަތުން ދެރަކްޢަތުން ކުރާ ހުށިކަމެވެ."

މިޙަދީޘް ގެ ޝަރަޙާގައި އިބްނު ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވިއެވެ. " (مَثْنَىمَثْنَى) އޮތް ބަސްފުޅުގެ މުރާދަކީ ދެރަކްޢަތުން ދެރަކްޢަތުން ކުރުމެވެ. ހަތަރު ރަކްޢަތް އެއްކޮށް ކުރުމުން ޞައްޙަ އެއް ނުވާނެއެވެ." واللهأعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން