ދިރާގުން ވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 6ޖީބީ ޑެއިލީ ޑޭޓާ ލިބ 'ސަޅި މަންތުލީ ×2' ޕްލޭންއެއް ތަޢާރަފްކޮށްފައެވެ. މި ސަޅި ޕްރީޕެއިޑް ޕްލޭންއާއެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ޖުމްލަ 180ޖީބީ އެންމެ 745 ރުފިޔާއަށް ލިބޭނެއެވެ.
ދިރާގުން ބުނެފައިވަނީ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް ‘S4GB30’ ޖަހާފައި އެސް.އެމް.އެސްއެއްވެސް ކޮށްލައިގެން މި ޕްލޭން އެކްޓިވޭޓްކޮށްލެވޭނެ ކަމަށެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ. (އިތުރު މައުލޫމާތު: https://bit.ly/3xpM4WP )
އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.