މިއުޒިކަލް އައިޑޮލް ލައިވްކޮށް އަޑުއަހާލުމަށް މޫލީ މެދުވެރިކޮށް ޓިކެޓް ގަނެވޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މިއުޒިކަލް އައިޑޮލް ލައިވްކޮށް އަޑުއަހާލުމަށް މޫލީ މެދުވެރިކޮށް ޓިކެޓް ގަނެވޭނެ!

 

އަރޫނީތާ، ޕަވަންދީޕް، ރާފިޔަތު އަދި ޝަލަބީ ގެ ހިތްގައިމު ހުށަހެޅުންތައް ލައިވްކޮށް އަޑުއަހާލުމަށް މޫލީ މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

މިއުޒިކަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަރަށް ފަސޭހައިން މިއުޒިކަލް އައިޑޮލްގެ ޓިކެޓް މޫލީ - އުރީދޫ މޯލްޑިވްސް އީކޮމާސް ޕްލެޓްފޯމުން ބައްލަވައިގަނެވޭނެ އެވެ.

މިއުޒިކަލް އައިޑަލް އަކީ 3 މާޗް 2023 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ދިވެހި އަދި އިންޑިއާގެ ހުނަރުވެރިން ލަވަކިޔުންތެރިންނާއެކު ބާއްވާ މިއުޒިކް ޝޯއެކެވެ. އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕް އާއި ރަނަރަޕް އަރޫނީތާ ގެ ހުނަރު މި ޝޯއިންފެނިގެންދާނެ އެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ރަނަރަޕް ޝަލަބީ އާއި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ރަފިއްޔާތު ވެސް ބެލުންތެރިންނަށް ފެނިގެންދާނެ އެވެ.

މިއުޒިކަލް އައިޑޮލްގެ ޓިކެޓުގެ އަގުތަކަކީ:

· ރެގިއުލަރ ކްލާސް 80 ރުފިޔާ

· ފަރސްޓ ކްލާސް 150 ރުފިޔާ

· ސިލްވާ ކްލާސް 500 ރުފިޔާ

މޫލީއިން ޓިކެޓް ގަތުމުން މާލެ އާއި ހުޅުމާލޭގައި ހުންނަ ކްލަބް ޕްރިމިއާ ލައުންޖާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ޓިކެޓް ނެގޭނެ އެވެ.

ޓިކެޓް ގަތުމަށް http://ore.do/musicalidol ޒިޔާރަތްކޮށް ބޭނުންވާ ޓިކެޓް ކެޓަގަރީ ޓިކެޓް ގަނެވޭނެއެވެ. ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމްގެ ލުއިފަސޭހަކަމާއި މަންފާ ލިބިގަތުމަށް މޫލީ އިން މަރުހަބާ ކިޔައެވެ.

 

މިއަދު އޮންލައިން