އެޗް.ޑީ.ސީ ގެ ވެރިން ރަށްޔިތުންގެ މަޖްލިހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ޙާޒިރުވާން އަންގައިފި.

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 44ސ
އެޗް.ޑީ.ސީ ގެ ވެރިން ރަށްޔިތުންގެ މަޖްލިހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ޙާޒިރުވާން އަންގައިފި.

 

 

އަމިއްލަ ވިޔަފާރި ޝަޚްސް އެއްކަމަށްވާ ކަނޑުވައި އެކްސްޕޯރޓްސް އިން ރަށްޔިތުންގެ މަޖްލިސްގެ އެސް.އޯ.އީ ކޮމިޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެޗްޑީސީގެ އިސް ބައެއް ބޭފުޅުން އަންނަ ހަފުތާގެ ހޯމަ ދުވަހު ހާޒިރުކުރަން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ނިންމައިފި އެވެ.

(މި މައްސަލަ ބަލައި ދިނުމަށް އެދި ކަނޑުވައި އެކްސްޕޯރޓްސް އިން މަޖްލިސްގެ އެސް.އޯ.އީ ކޮމިޓީއަށް ހުށައެޅި މައްސަލައިގް ތަފްޞީލް ތިރީގަ)

ނޯޓް. ކަނޑުވައި އެކްސްޕޯރޓްސް އިން މި މައްސަލަ ވަނީ އެޗް.ޑީ.ސީ ގެ ބޯޑް، ހިއުމަން ރައިޓްސް ކޮމިޝަން، އިންޓެގްރިޓީ ކޮމިޝަން، އޭ.ސީ.ސީ އަދި ރަޢީސުލް ޖުމްހޫރިއްޔާ އަށްވެސް ހުށައަޅާފަ އެވެ.

ރަށްޔިތުން މަޖްލިސްގެ ރަޢީސް، ރަޢީސް މުޙައްމަދު ނަޝީދު އަށް.   
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.  

އެޗް.ޑީ.ސީ ވެރިން ތެރޭން ބަޔަކު/މީހަކު މަޤާމާ ބާރު ނާޖާއިޒު ގޮތުގަ ބޭނުންކޮށް އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސް އެޅުމާ، ހެރަސްކުރުމާ، މަސައްކަތް ހުއްޓުވުމުގެ ޢަމަލު މިސިޓީ ލިޔުމާ ހަމައަށް ކޮށްފަވާތީ އަދި މިހާރުވެސް ކުރަމުންދާތީ، ކުރިޔަށްއޮތް ތަނުގަ ނުކުރާނެ ކަމަށް ނުބެލެވޭތީ، މިކަންކަން ސީރިއަސް މައްސަލައެއްގެ ގޮތުގަ ބައްލަވާދެއްވާ، ޤާނޫނާ ޤަވާއިދާ ޚިލާފަށް އެޗް.ޑީ.ސީ ކުންފުނިން ޢަމަލު ކުރި ފަރާތް/ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދެއްވުމަށް ދަންނަވަމެވެ.

މައްސަލައިގެ ޚުލާޞާ. 

ކަނޑުވައި އެކްސްޕޯޓްސް އިން ހިންގާ ބާދަގަނޑު އެކްސްޕޯރޓް މަސައްކަތުގަ ބެންކް އޮފް މޯލްޑިވްސް ނީލަމުން ނެގި ސަންޓޫނާ ބާޖް (MMP 1 ) 5500ޓަނު، ކެފުމުގެ މަސައްކަތަށް އެޗް.ޑީ.ސީ އާއެކު 10 މެއި 2022 ގަ ވެވުނު އެއްބަސްވުމުގެ ދަށުން 17 މެއި 2022 ގަ ސައިޓް ޙަވާލު ކުރުމާއި އެކު ތިލަފުށި ސައިޓްއަށް ބާރޖް ގެންގޮސް މަސައްކަތް ފެށީމެވެ. މަހެއް ނުވަނީސް އެޗް.ޑީ.ސީ ގެ ޝާޠީރު ޢަބްދުލް ރަޙްމާން (ތިލަފުށި އޯވަރއޯލް އިންޗާޖް) ގެ އެންގުމަށް މަސައްކަތް ހުއްޓުވިއެވެ.  **ސައިޓް ހޭންޑް އޯވަރ ސިޓީ ކޮޕީ އެނެކްސް 1ގަ. މައްސަލައިގަ HDC އަށް ފޮނުވިސިޓީ ކޮޕީ. އެގްރިމަންޓް ކޮޕީ. 

ސަބަބު ކަމުގަ ޝާޠިރު އެންގީ އަޅުގަނޑުމެންގެ ލޮޖިސްޓިކް އުޅަދު އެސްޓީރިއާ ބާޖްކައިރީގަ ބާއްވައިގެން ބާޖް މަސައްކަތް ކުރުން ކަމުގައެވެ. ނޯޓް. އުޅަދު އަދި ބާޖްވެސް އޮތީ އެޗްޑީސީ އިން އެގްރިމަންޓްގަ ބަޔާންކުރާ ސައިޓްޗާރޓް އިމުގެ ބޭރުގަ ތިލަފުށި ކޯރުގަނޑު ތެރޭގަ އެވެ.  މި އުޅަނދަކީ ކެފުމުގެ/ސެލްވޭޖް މަސައްކަތަށް ބޭނުންކުރާ ޖެނެރޭޓަރ ތަކާ، ސައިޓް މަސައްކަތު މީހުން ކައިބޮއި ނިދާ ހަދާ އުޅަނދެވެ.  އެއްބަސްވުމާ ޚިލާފަށް ޝާތިރު ހިންގެވި މިޢަމަލުގަ 7-10 ދުވަސް ގެއްލި ދިޔައިރު އަޅުގަނޑުމެންނަށް ނަފްސާނީގޮތުން ކުރިމަތިކުރުވި ދުއްތުރާލާ ގެއްލުމުގެ އިތުރުން 200،000ރ ވަރުގެ އޯވަހެޑް ގެއްލުމެއްވިއެވެ.  މައްސަލައިގަ އެޗް.ޑީ.ސީ އަށް ރަސްމީކޮށް ލިޔެ މައްސަލަ ޙައްލުވި އިރު ޒިންމާނަގާނެ ފަރާތެއް ނެތެވެ.  ޖަވާބުގަ އެޗް.ޑީ.ސީ އިން ޝާޠިރު ގެ ސިޓީގަ ނުސީދާކޮށް ބުނެފަވަނީ "އަނގަބަހުން" ބުނެފަ އޮތް އެއްޗަކަށް ވާތީ ޒިންމާ ނަގަން ނުޖެހޭކަމަށް.  އެހެނަސް އެޗް.ޑީ.ސީގެ އެންގުމަށް ސިފައިންގޮސް މަސައްކަތް ހުއްޓުވާ މަސައްކަތް ނުކުރަން އަމުރުކުރިއެވެ.  *ސިޓީ ކޮޕީ އެނެކްސް 2ގަ. 

އެޗް.ޑީ.ސީ އިން އެއްބަސްވުން އާކޮށްދިނުމުގަ ވެސް ސީދާކޮށް ގެންލުން ކުރާގޮތަށް މަސައްކަތް ކޮށްފަވެއެވެ. މިގޮތުން އެއްބަސްވުން 3މަހުން ހަމަވުމުން އައު ކުރާގޮތަށް އޮތްއިރު އައު ނުކޮށްދީ 2-3 މަސް ފަސްކުރުމަށްފަހު މުއްދަތް ހަމަވި ދުވަހުންފެށިގެން 'ކޮންޓިނިއު' ކުރާގޮތަށް އާކުރާއިރު،  އެއްބަސްވުމުގެ މުއްދަތު ހަމަވެފަވާތީ (އެޗް.ޑީ.ސީއަށް ކުލި ބަލައިނުގަނެ 2-3 މަސްފަސްކޮށްފަ)، އެއްބަސްވުން އިތުރުކުރުމާއެކު 'ވޮއިޑް' މުއްދަތުގަ ކުލި ނުދައްކައިގެން ޖޫރިމަނާނެގުން ހިމެނެ. މީސީދާކޮށް ހިންގާފަވާ ކޮރަޕްޝަންގެ ޢަމަލެކެވެ. ޤަސްތުގަ ޖޫރިމަނާ ކުރުވާފަ ނެގި ޢަދަދު 450ރުފިޔާ.  *އެޗް.ޑީ.ސީ ޕޭމަންޓް ސްޓޭޓްމަންޓް. ރިސިޕްޓް. *ކޮޕީ އެނެކްސް 3 ގަ.

ހެރެސް ކުރުން. އެޗްޑީސީގެ ވެރިއެއްގެ އެންގުމަށް ތިލަފުށީގަ އަޅުގަނޑުމެންގެ ސައިޓް އަށް އެކަނި ޓާގެޓްކޮށްގެން ތިލަފުށި/އެޗްޑީސީ މުއައްޒަފުން ލައްވާ ޖިސްމާނީ/ނަފްސާނީ ގޮތުން އުނދަގޫވާފަދަ ޢަމަލުތައް ހިންގަ އެވެ. މީގެ ތެރޭގަ އެކްސްޕޯޓް ކުރަން ތައްޔާރުކޮށްފަ ހުންނަ ތަކެތި ކޮންޓޭނަރ އަށް ބަރުކުރަން ނެޓަށް އަޅާ ތައްޔާރު ކުރީމަ އެތަކެތީގަ މިންއަޅާ ސޮއިކުރުވުމާ ސައިޓްގަ މަސައްކަތް ކުރުމަށް ކުއްޔަށް ހިފާ އުޅަދު ތައް މަސައްކަތްނިންމާފަ އޭގެ ވެރިފަރާތުން ނުގެންގޮސް މަގުގަ ބާއްވާފަ އޮންނާތީ އެތަކެތި ނަގަން އަޅުގަނޑުމެންނަށް އަމުރުކޮށްފަ ވެއެވެ. މީގެ އިތުރުން މަގުގެ އެއްފަރާތުގަ ބަހައްޓާފަހުރި ސްޓޯރޭޖް ކޮންޓެއިނަ ގަ ވެސް މިންއަޅާ ބޯޑު ޖަހާ މިދަފަ ޖެއްސުން ކޮށްފަ ވެއެވެ.
ނޯޓް.  ތިލަފުށި މަގުތަކުގެ އެއްފަރާތުގަ ދަތިނުވާގޮތަށް އެތައް ސަތޭކަ ވެހިކަލް ތަކާ އެކި ހިސާބު ތަކުގަ ސްޓޯރޭޖް ކޮންޓޭނަރ ތައް ބަހައްޓާފަ ހުރެއެވެ.  އެއްވެސް ފަރާތަކަށް އެތަކެތި ނަގަން އަންގާ ނޯޓް ކޮށް ބޯޑުޖަހާ ނުހަދައެވެ. އެފަދަ ތަކެތި ބެހެއްޓުމަށް ބިމުކުލިވެސް ނުނަގައެވެ.

އެސްޓީރިއާ ބޯޓު ބިންދައިގެން ދިއުމުން އެ އުޅަނދާމެދު އެޗް.ޑީ.ސީ އިން ކަންކުރިގޮތް.
މޫސުން ގޯސްވެ ތިލަފުށި ފަޅުތެރެ ގަދަވެގެން ބޯޓު ބިންދައިގެން ދިޔަ ޙާދިޞާގަ ބޯޓު މަރާމާތު ކުރެވެން އޮތީ ހަމައެކަނި ބިންދައިގެން ދިޔަ ހިސާބު އެއްގަންކޮށް ފެނުން މައްޗަށް ނަގާ 2 ބުރި ޖައްސާ ވެލްޑްކޮށްގެން ކަމުން އެމަސައްކަތް އެގޮތަށް ކުރުމުގެ ހުއްދަ އަށް އެޗް.ޑީ.ސީގަ އެދުމުން އެސައިޓް އަކީ ހައުސިންގް މިނިސްޓްރީގެ ސައިޓް އެއްކަމުގަ އެންގިއެވެ.  މައްސަލައިގަ މިނިސްޓްރީ އަށް ރަސްމީކޮށް ލިޔުމުން އަކްރަމް ކަމާލުންދީން ޖަވާބުދެއްވީ މިނިސްޓްރީ ތަނެއް ނޫންކަމަށެވެ.  އަދި ފަހުން އެޗް.ޑީ.ސީ އިން ބުނީ އެތަނަށް އެހެލައިގެން މަސައްކަތް ކުރަން ހުއްދަ ދެވެން ނެތްކަމަށެވެ.  *ނޯޓް. އެ އޭރިއާގެ ބީޗް އާއެކު ބޭނުން ނުކޮށް އޮތް ސައިޓް ގެ އެތެރޭން 20 ފޫޓު ވަރު ދޫކުރިނަމަވެސް ބިންދައިގެން ގޮސްފަވާ ބައި ފެނުންމަށްޗަށް ނަގާ 2 ބައިގުޅުވުނީހެވެ. ނަމަވެސް އެ ހުއްދަ ނުދިނުމުން ގިނަދުވަސް ވެގެން ބޯޓު ސްކްރޭޕް އަށް ކޮށާލުމަށް ނިންމީއެވެ. މިކަމުގެ މާލީ ގެއްލުމަށް ބަލާއިރު 3 ލައްކަ ޑޮލަރު ވަރުގެ ގެއްލުމެއް އަޅުގަނޑުމެންނަށް ވިއެވެ.

މަރާމާތު ކުރެވޭނެ މާޙައުލު ނުދެއްކުމުން އަޅުގަނޑުމެން އެދުނީ އެ އުޅަނދު ކެފުމުގެ މަސައްކަތް ސަންޓޫނާ ބާޖް ކަފަން ދީފަ އޮތް ހުއްދައިގެ ތެރޭގަ އެތަނުގަ ކުރުމުގެ ހުއްދަ އަށެވެ.  ޝާޠިރު ވިދާޅުވީ އެއްބަސްވުން ހަދަނީ އުޅަނދަކަށް ވަކިންކަމަށްވުމުން އެހުއްދަ ދެވެން ނެތްކަމަށެވެ. ނޯޓް.  އެއްބަސްވުން ހަދަނީ ވެސް އެޗް.ޑީ.ސީ އިންނެވެ.  ސިސްޓަމެޓިކް ކޮށް މިކަން ކޮށްފަ އޮތީ މިމަސައްކަތް އޮމާންކަމާއެކު ކުރިޔަނުދީ ހުރަސް އެޅުމަށެވެ. މިހެން ހުރަސް އެޅުމުން އެސްޓީރިއަރ ބޯޓު ނުނެގި އޭގެ އެއްވެސް ކަމެއް ނުކުރެވި ބޯޓުގެ އިންޖީނާ މެޝިނަރީ ފެނުއަޑީގަ ހުރެ ހަލާކުވީއެވެ. މިހާރު އެބޯޓު ގެ ބޭނުމެއްކުރެވެން އޮތީ ބާދަގަނޑުގޮތުގައެވެ. "މާދަމާ" އެޗް.ޑީ.ސީ އިން އެސްޓީރިއާ ނަގަން އެންގިއަސް އެކަމަކީ އެކަށީގެންވާ ވަގުތާ މަސައްކަތްކުރާނެ އެކަށީގެންވާ ތަނެއްނުލިބި ކުރެވޭނެ ކަމެއްނޫނެވެ.

އެދޭގޮތް. ތިލަފުށި އެހެން ސައިޓްއޯނަރުންނަށް ލިބިދީފަވާ ހުރިހާ ޙައްޤެއް އެއްހަމަ އަކުން އަޅުގަނޑުމެންނަށް ވެސް ލިބިދިނުން.   ސައިޓް ދޫކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ސައިޓްގަ މަސައްކަތް ކޮށްފަހުރި މިންވަރު (އެސެސްމަންޓް) އެއް ހަދަން ސަރުކާރުގެ ކަމާބެހޭ 3ވަނަ ފަރާތަކަށް އަންގަވައިދެއްވާ އެކަން ކުރުން. ސަބަބު. އެޗް.ޑީ.ސީ ސައިޓް ގަ މަސައްކަތް ހިންގިފަވާ މިންވަރު އެޗް.ޑީ.ސީ އަށް އެންގުން.

ސައިޓް ދޫކުރި ދުވަހުން ފެށިގެން މިއަދާހަމައަށް މަޤާމާ ނުފޫޒް ބޭނުންކޮށް ގެން ޖެއްސުން، ހެރަސްކުރުން ކަމުގަ ބެލެވޭ ގޮތަށް ހިންގާފަ ހުރި ކަންކަމުގަ އެއަމުރު ކުރިފަރާތް/ފަރާޓްތައް ޒިންމާދާރު ކޮށްދެއްވުން.         

ސަންޓޫނާ ބާޖް (5500ގްރޮސްޓަން)  ގެ މިހާރު ނުކެފިއޮތް ބާކީ (ގާތްގަނޑަކަށް 150 ޓަނުވަރު) ކެފުމުގެ އިތުރުން މަރާމާތު ކުރެވޭނެ މާޙައުލެއް/ހުއްދަ ނުދީ ދިގުދެމިގެން ގޮސްފަވާ އެސްޓީރިއާ ބޯޓު މަރާމާތުކޮށްގެން ހެދުމުގެ އަގު މިހާރު ދެކޮޅު ނުޖެއްސޭނެތީ އެސްޓީރިއާ ބޯޓު (650ނެޓް ޓަނޭޖް، 1400ގްރޮސްޓަން) ކަފާލާ ސަރަޙައްދު ސާފުކޮށް އެޗް.ޑީ.ސީ އާ ސަރަޙައްދު ޙަވާލު ކުރެވޭނެ މާޙައުލެއް ދެއްކުން. އަދި އެކަމަށް ޝާޠިރު އަޅާފަވާ ހުރިހާ ހުރަހެއް ނައްތާލުން. ނޯޓް. ބީއެމްސީ ގެ ބެލުމުގެ ދަށުގައޮތް ޕާރަސީ 3 ބާޖް، ޝާޠިރު ބަޔަކަށް "ދިން" މައްސަލަ ތި ކޮމިޓީގަ މިހާރުވެސް ވާނެއެވެ. މިކަންވަނީ ކޯޓުން ނިމި އެ ބާރޖް ބީއެމްސީ އާ ޙަވާލުކުރުމަށް އެޗްޑީސީ އަށް އަމުރުކޮށް ޙުކުމް ކޮށްފައެވެ. **ސުވާލު. 'ބެލެނިވެރި މުއައްސަސާތަކުން' ކުންފުނިތަކުގެ މިފަދަ މީހުންގެ ދަށުނުވެ ފިޔަވަޅު އަޅާނީ ކިހާވަރެއްވީމަތޯ؟ ކިތައް ފަރުދުންނަށް އަނިޔާވާފަހުންތޯ؟       

މިކަން ބައްލަވާ ދެއްވާ އިޙުމާލްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ.

އިޙްތިރާމް ޤަބޫލް ކުރެއްވުން އެދެމެވެ.

13 ޑިސެމްބަރު 2022

                                             ކަކަނޑުވައި އެކްސްޕޯރޓްސް ފަރާތުން.

އިބްރާހީމް ރަޝީދު. (ސޯލް ޕްރޮޕްރައިޓަރ) 

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ / ރަށްޔިތުންގެ މަޖްލިސް، މާލެ.

 

 

 

 

 

މިއަދު އޮންލައިން