އުފަންވެލި ޝޮޕްތަކުން ރޯދައަށް ކާބޯތަކެތީގެ ހުރިހާ ބާވަތްތައްވެސް އަގުހެހެޔޮކޮށް ލިބެންހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އުފަންވެލި ޝޮޕްތަކުން ރޯދައަށް ކާބޯތަކެތީގެ ހުރިހާ ބާވަތްތައްވެސް އަގުހެހެޔޮކޮށް ލިބެންހުންނާނެ!

ފަރިއްކުޅުއްވަން ބޭނުންފުޅުވާ ތަރުކާރީ އާއި މޭވާއާއި އެއްގަމު މަހުގެ ބާވަތްތަކާއި ކުކުޅާއި ކުޅުބިހާއި ފިޔާ، އަލުވި އަދި އެނޫންވެސް ބާވަތްތައް މިހާރުވެސް އެންމެ ހެޔޮ އަގުތަކުގައި އުފަންވެލި ޝޮޕްތަކުން ލިބެން ހުންނާނެ ކަމަށާއި ރޯދަމަހުވެސް އެންމެ ހެޔޮ އަގުތަކުގައި ލިބެން ހުންނާނެ ކަމަށް އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފިއެވެ. 

"މިދުވަސްކޮޅު ލުނބޯގެ އަގު ބާޒާރުގައި ތަންކޮޅެއް ބޮޑުވެގެން އެއުޅެނީ ސްޓޮކް ނެތުމުން. މާރިޗް 10 ހައި ތަނުގަ ބޯޓު ވަދެ މުދައު ލިބުމުން ބޮޑުތަނުން އަގުހެޔޮވެގެންދާނެ،"

"މިއަހަރުވެސް ރަމަޟާން މަހަށް ގަނޑުކޮށް މުދައު ރާއްޖެތެރެއަށް ގެންދާ ފަރާތްތަކަށްވެސް އަޅުގަނޑުމެން ވަރަށް ޚާއްޞަ ޑިސްކައުންޓް ދޭނަން. އުޅަނދުފަހަރަށް ޑެލިވަރީވެސްކޮށްދޭނަން. އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖެތެރޭގައި ދިރިއުޅުއްވާ ރައްޔިތުންނަށްވެސް ވީހައި ހެޔޮ އަގުތަކުގައި ކާބޯތަކެތި ފޯރުކޮށްދިނުން." ކަމަށްވެސް މަޑިހާ ކޮމްޕެނީން ބުނެފިއެވެ. 

އިފަންވެލި ޝޮޕްތަކުން މިހާރުވެސް ގެންދަނީ ކާބޯތަކެތި އެންމެ ހެޔޮ އަގުތަކުގައި ވިއްކުމުގެ އިތުރުން ކޮންމެ ހަފްތާއަކުވެސް ޚާއްޞަ ބައެއް ބާވަތްތައް ޚާއްޞަ ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.

މިއަދު އޮންލައިން