ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު) ގެ 34 ވަނަ އަހަރީ އާންމު ޖަލްސާ 20 މާރިޗު 2023 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:15 ގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ހައިބްރިޑް" ކޮށްކަމަށްވާތީ، ޖަލްސާގައި ޙިއްޞާދާރުންނަށް "ފަހިވޯޓް" މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެވަޑައިގެން ބައިވެރިވެވޭނެއެވެ.
ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން އޮނާނީ 3 މާރިޗު 2023 ވާ ހުކުރު ދުވަހުގެ 14:15 އިން 19 މާރިޗު 2023 ވާ އާދީއްދަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ. އަދި ޕްރޮކްސީންގެ ރެޖިސްޓްރޭޝަން އޮނާނީ 3 މާރިޗު 2023 ވާ ހުކުރު ދުވަހުގެ 14:15 އިން 18 މާރިޗު 2023 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
14 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ދިރާގުގެ ޙިއްޞާދާރުންގެ ރަޖިސްޓަރީގައި ހިމެނިވަޑައިގަންނަވާ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަށް ދައުވަތުވަނީ އަރުވާފައެވެ.
ދިރާގުންވަނީ ޖަލްސާ މާލަމަށް ވަޑައިގެން ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު 150 ހިއްސާދާރުންނަށް ލިމިޓްކޮށްފައެވެ. އެހެންކަމުން ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ޙިއްޞާދާރުންގެ ތެރެއިން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލާމަށް ޙާޒިރުވެގެންވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން، އެފަރާތްތަކަށް 19 މާރިޗު 2023 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން އެންގޭނެއެވެ.
މިޖަލްސާގެ ނޯޓިސް އަދި ދިރާގުގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާގުގެ ވެބްސައިޓުގައި 3 މާރިޗު 2023 ގައި ވަނީ ޝާއިއުކޮށްފައެވެ.
މި ލިންކުން https://bit.ly/3t8KAhS އަހަރީ އާންމު ޖަލްސާއާއިގުޅޭ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.