އުފަންވެލި ޝޮޕްތަކަށް ސައުތު އެފްރިކާގެ މޭބިސްކަދުރުގެ ތަފާތު ބާވަތްތަކުގެ އައު ޝިޕްމަންޓެއް އެތެރެކޮށް ވަރަށް ހެޔޮއަގުގައި ވިއްކަން ފަށައިފިއެވެ. މީގެތެރޭގައި އޮށްހުރި މޭބިސްކަދުރާއި އޮށް ނެތް މޭބިސްކަދުރުގެ ބާވަތްތައްވެސް ހިމެނެއެވެ.
އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ ގަނޑުކޮށް ގަންނަ ރާއްޖެތެރޭގެ ވިޔަފާރިވެރިންނަށްވެސް ވަރަށް ޚާއްޞަ އަގުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ ބޭނުމަކީ ރޯދަވީއްލާ ސުފުރާތައް މުއްސަނދިކޮށްލަން ފަނިގިރާލަންވެސް އެކަށީގެންވާ އަގުތަކެއްގައި މުޅި ރާއްޖެއަށްވެސް ފޯރުކޮށްދިނުން. އެހެންވެ ރާއްޖެތެރެއަށް ގެންދާ ވިޔަފާރިވެރިންނަށްވެސް ޚާއްޞަ ޑިސްކައުންޓެއް ދީގެން މިވިއްކަނީ."
އުފަންވެލި ޝޮޕްތަކުން ގެންދަނީ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ވަރަށް ހެޔޮ އަގުގައި ވިއްކަމުންނެވެ. އެއިގެ ތެރޭގައި ތާޒާ ތަރުކާރީ އާއި ކުކުޅާއި ކުކުޅުގެ ތަފާތު އުފެއްދުންތަކާއި ގެރިމަހާއި ބަކަރިމަހާއި ކުކުޅުބިހާއި ފިޔާ އަލުވި ފަދަ ވަރަށް ގިނަ ބާވަތްތައް ހިމެނެއެވެ.