ނުބައި މަރަކީ ހަށިގަނޑު ޗިސްޗިސްވެގެން ނޫނީ ކުނޑިކުނޑިވެގެން މަރުވުން ނޫންކަން އެނގޭތަ؟: މުފްތީ މެންކް

ކިޔުމަށް ހޭދަވާނީ 58ސ
ނުބައި މަރަކީ ހަށިގަނޑު ޗިސްޗިސްވެގެން ނޫނީ ކުނޑިކުނޑިވެގެން މަރުވުން ނޫންކަން އެނގޭތަ؟: މުފްތީ މެންކް

ނުބައި މަރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ނުބައިމަރަކީ އެއްވެސް ޙާލެއްގައި އެކްސިޑެންޓެއްގައި ނުވަތަ މީހަކު ދިން ހަމަލާއެއްގައި ހަށިގަނޑު ޗިސްޗިސްވުމެއް ނޫނެވެ. ކުނޑިކުނޑިވެ ބުރަބުރައިގެން ދިއުމެއްވެސް ނޫނެވެ. 

ނުބައި މަރަކީ ﷲ ތަޢާލާ ހަނދުމަކުރުމުގެ ނަޞީބު ނުލިބޭ ޙާލުގައި މަރުވާންޖެހުމެވެ. އެއަށްވުރެ ނުބައިކަންބޮޑު މަރެއް ނުވެއެވެ.

މީސްތަކުންނޭވެ! މިބުނި ފަދަ ނުބައި މަރުން މީހުން މަރުވަނީ އެމީހަކު ދުނިޔޭގައި އުޅުނުއިރު ކުރި ފާފަތަކުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާ ކޯފާލެއްވެވުމުންނެވެ. ލަޢްނަތް ލެއްވެވުމުންނެވެ. 

މީސްތަކުންނޭވެ! ތިބާހުރީ ފަރުޟު ނަމާދުތައްކޮށްގެންނެވެ. ޤުރްއާނުން މިންވަރެއް ކިޔަވައިގެންނެވެ. ޛިކުރުވެސްކޮށްގެންނެވެ. ފާފައަކަސް އަރައިނުގަނެ ތަޤްވާވެރިކަންމަތީގައެވެ. އެހެންކަމަށްވެއްޖެނަމަ ތިބާގެ ފުރާނަ އެދުވަހު ހިއްޕަވާނީ ހެޔޮލަފާ، ރަނގަޅު މަރަކުންނެވެ. އިން ޝާ ﷲ 

ނުބައި މަރަކުންމަރުނުވެ ރަނގަޅު މަރަކުން މަރުވާން އެދޭމީހާ މިބަޔާންކުރި ފަދައިން ކޮންމެ ދުވަހަކުވެސް ޢަމަލުކުރަމުން ގެންދާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދެދުނިޔޭގެ އުފާވެރިކަންވެސް ލިބިގެންދާނެއެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން