ރަމަޟާން މަހުގެ ކުރިން ނިޔާވި މީހުންގެ ތެރޭގައި ރަމަޟާން މަހުގެ ޘަވާބުން ވަރަށް ގިނައިން ހިފައިގެން އެކޮޅަށްދިއަ ބައަކުވެއްޖެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރަމަޟާން މަހުގެ ކުރިން ނިޔާވި މީހުންގެ ތެރޭގައި ރަމަޟާން މަހުގެ ޘަވާބުން ވަރަށް ގިނައިން ހިފައިގެން އެކޮޅަށްދިއަ ބައަކުވެއްޖެ! އިން ޝާ ﷲ: މުފްތީ މެންކް

މިރޭވެސް ދައްކަން މިއުޅެނީ ރަމަޟާން މަހުގެ ކުރިންވެސް ވަރަށް ގިނައިން ދެއްކި ވާހަކައެކެވެ. ފުރަތަމްވެސް ބުނަން އޮތީ ރަމަޟާން މަހުގެ ކުރިން ނިޔާވި މީހުންގެ ތެރޭގައި ރަމަޟާން މަހުގެ ޘަވާބުން ވަރަށް ގިނައިން ހިފައިގެން އެކޮޅަށްދިއަ ބައަކުވެއެވެ! އިން ޝާ ﷲ 

މިހެން ބުނީމާ އެއީ ކިހިނަކުންވާނެކަމެއްތޯ ސުވާލުކުރާ މީހުންގެ ގާތުގައި ބުނެލަން އޮތީ އެއީ ރަމަޟާން މަހުގެ ޘަވާބަށް އެދިގެން، އެމީހުން ރަމަޟާން މަހު ޞަދަޤާތްކުރަން ބަހައްޓާފައިހުރިބައި ރަމަޟާން މަހުގެ ކުރިން ޞަދަޤާތްކުރި މީހުންނެވެ. 

އެމީހުން އެކަންކުރީ 2 ބޭނުމަކުއެވެ. ފުރަތަމަ ބޭނުމަކީ ރަމަމާން މަހާއި ބައްދަލުވާނެކަމަށް އުންމީދުކޮށްގެން ހުރިނަމަވެސް ބައްދަލުނުވެ މަރުވެއްޖެނަމަ އެ ޞަދަޤާތް ނުކުރެވޭނެކަމާއި އެކަމުން ހޯދެން އޮތް ޘަވާބާއި ދަރުމަ ނުހޯދޭނެކަން އެނގޭތީއެވެ. ދެވަނަކަމަކީ ކުރިއާލައި ޞަދަޤާތް ކުރުމުން ފަޤީރުންގެ އަތްމަތި ތަނަވަސްވެ އެމީހުންނަށް ލިބޭ ހިތްހމަޖެހުން ބޮޑުވާނެތީ އެމީހުންގެ ހިތަށް ފިނިކަން ހޯދައިދީ ކަންބޮޑުވުން ފިލުވާލަން އެހީތެރިވުމަށެވެ. 

ލޮބުވެތި އަޚުންނާއި އިޚުތުންނޭވެ! މި ބަޔާންކުރި 2 ކަމަށް ނިޔަތް ބާއްވައިގެން އެމީހަކު ރަމަޟާންމަހު ޞަދަޤާތްކުރަން ބަހއްޓާފައި ހުރި އެއްޗެއް، ނުވަތަ ޞަދަޤާތްކުރެވެން އޮތް މިންވަރަކުން ނިކަން ޞަދަޤާތްކޮށްބަލާށެވެ! އިން ޝާ ﷲ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެ މިންވަރު ހިތަށްވެސް ނުގެނެވޭނެއެވެ.

ދެން މިހާރު ބުނެލަން ބޭނުމީ ފަހު ދިހައިގައި ޞަދަޤާތްކުރަން މަޑުނުކުރާށެވެ! ފަހު ދިހައާއި ބައްދަލުވެއްޖެނަމަ ކުރެވެން އޮތް މިންވަރަކުން ޞަދަޤާތްކުރާނީއެވެ. އަތުގައި މިހށާރު ހުރި އެއްޗެއް ކުރިން މިބަޔާންކުރި މަގުން ނިޔަތް ގަނެގެން އަވަހަށް ޞަދަޤާތްކޮށްލާށެވެ! އަދި އެއީ ތިމާ މިރަމަމާން މަހު ދިހައިގައި ކުޅަ ޞަދަޤާތެއް ކަމުގައި ލައްވަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! އެމީހަކަށް ދެދުނިޔޭގައިވެސް އޮންނާނީ ކާމިޔާބީއާއި އުފާވެރިކަމެވެ. އިން ޝާ ﷲ  

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން