އެމީހެއްގެ ބެލެނިވެރިކަމުގެދަށުގަވާ ދަރިންނަށް ހުޅުވައިދީފަ ހުންނަ އެކައުންޓުގަ ހުރި ފައިސާއިން ޒަކާތް ދައްކަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެމީހެއްގެ ބެލެނިވެރިކަމުގެދަށުގަވާ ދަރިންނަށް ހުޅުވައިދީފަ ހުންނަ އެކައުންޓުގަ ހުރި ފައިސާއިން ޒަކާތް ދައްކަންޖެހޭނެ!

އަހަރެންގެ މުސާރައިން ވަކިވަރެއް ކޮންމެމަހަކުވެސް އަހަރެންގެ ދަރިފުޅު އެކައުންޓަށް ޖަމާކުރަމެވެ. ސުވާލަކީ އެފައިސާ އިން މުދަލު ޒަކާތް ދައްކަންޖެހޭނެހޭނެތޯއެވެ؟  އަދި ދައްކަންޖެހޭނީ ކާކުގެ ނަމުގައިތޯއެވެ؟ އެކުއްޖާގެ އުމުރަކީ 4 އަހަރެވެ!

ފައިސާފޮރުވާފައި ހުންނަތާ އަހަރުވެ، ނިޞާބު ހަމަވެއްޖެނަމަ ޒަކާތް ދައްކަންޖެހޭނެއެވެ. ދައްކާނީ ފައިސާ ފޮރުވާފައި ހުރި އެކައުންޓުންނެވެ. والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

އަމިއްލަ އެކައުންޓުތަކުގައި ހުންނަ ފައިސާއިންވެސް މުދަލު ޒަކާތް ދައްކަނީ މަދުމީހެކެވެ.   

އެހެންވެ ބޮޑެތި ބައެއް ޢިލްމުވެރިން ވިދާޅުވަނީ މީސްމީހުންނާއި ކުންފުނި، ޖަމާއަތްތައް ފަދަ ފަރާތްތަކުގެ އެކައުންޓުގައި ހުންނަ ފައިސާއިން ނިޞާބު ހަމަވާނަމަ، އެފަރާތަކުން އަމިއްލައަށް ޒަކާތް ނުދައްކާނަމަ ޒަކާތަށްވާ ފައިސާ އެކައުންޓުން އުނިކޮށް (އެކައުންޓުން ނަގައި) ޒަކާތް ދައްކަން ބޭންކްތަކަށް ޖެހޭނެ ކަމަށެވެ.  

އެގޮތަށް ޢަމަލުކުރެވޭނީ އެގޮތަށް އެކަންކުރަން ޒަކާތާއިބެހޭ ޤާނޫނުގައި ހުއްދަކޮށްފައިވާ ޤައުމެއް ނަމައެވެ. މުދަލު ޒަކާތަކީ ނުދައްކާނަމަ ނަގަން ދީނުގައި ދައުލަތަށް ލާޒިމްކުރާ ފައިސާއެކެވެ.

މިއަދު އޮންލައިން