ކުދިން ބުނާބަސް ނާހާ ނުކިޔަވާނަމަ ފަންޑިތަހަދާ މީހުން ލައްވާ ފެންކިޔަވާފައި ބޯންދިނުންފަދަ ފަންޑިތަ ހެއްދުވުން ހުއްދަތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ކުދިން ބުނާބަސް ނާހާ ނުކިޔަވާނަމަ ފަންޑިތަހަދާ މީހުން ލައްވާ ފެންކިޔަވާފައި ބޯންދިނުންފަދަ ފަންޑިތަ ހެއްދުވުން ހުއްދަތޯ؟

ދީނީ ގޮތުން ކުރަންވާނީ ޝަރީޢަތުގައި ޘާބިތުވާ ކަންތަކެވެ. ކޮންމެ ކަމެއްވެސް ކުރަންވާނީ ޝަރީޢަތުގައިވާ ފަދައިންނެވެ. ޝަރީޢަތް ހުއްދަކުރާ ކަންކަމެވެ. ﷲ ގެ ޙަޟްރަތުގައި ގަބޫލު ކުރައްވަވާނީވެސް އެއިރުންނެވެ. އެހެންނޫން ނަމަ ﷲ އެކަމެއް ގަބޫލްފުޅެއް ނުކުރައްވާނެއެވެ.  

އެގޮތުން ދަރިފުޅު ބަސް ނޭހުމުން ކަހީނެއްގެގާތަށް ގޮސް ފަންޑިތަ ހައްދާ ކަންތައް ކުރުމަކީ ޘާބިތު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކުއްޖާގެ މައިންބަފައިންގެ ހެޔޮ ދުޢާ ކުއްޖާއަށް މާ ފައިދާ ކުރާނެއެވެ.  

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރެއްވިއެވެ. ތިންމީހެއްގެ ދުޢާ މާތް ﷲ ރައްދު ނުކުރައްވައެވެ. އެއީ: "ބައްޕައަކު ދަރިފުޅަށްޓަކައި ކޮށްދޭ ދުޢާ، އަދި ރޯދަވެރިޔާގެ ދުޢާ، އަދި ދަތުރުވެރިޔާގެ ދުޢާ" އެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން