ކާމިޔާބުކަމާއެކު ޢުމުރާ ދަތުރުތައް ކުރިއަށް ގެންދާ އަސްކޮއި ޓްރެވަލް ސާވިސް އިން ރަމަޟާން މަހު ކުރަން ހަމަޖެހިފައިވާ ޢުމުރާ ދަތުރުތަކުގެ ޖާގަތައް ފުރުމުންވެސް ގިނަ ބައަކު ތިބީ އިންތިޒާރީގައެވެ.
ޙަރަމްފުޅާއި އެންމެ ކައިރިން ހޮޓާ ހަމަޖެއްސުމާއި ދަތުރުފަތުރާއި ކެއިން ބުއިމުގެ ގޮތުން އެންމެ ރަނގަޅު ފެންވަރުގައި ޚިދުމަތްދޭތީ، އަދި ހުރިހާ ކަންކަމުގައި ފުރިހަމައަށް އަޅާލައި އެހީތެރިވެދޭތީ ގިނަ ބައަކު ދާން ބޭނުންވަނީ އަސްކޮއި ޓްރެވަލް ސާވިސް މެދުވެރިކޮށެވެ.
އެޖަމާޢަތުން ބުނީ ދެން އެ ޖަމާޢަތުގެ ދަތުރުތައް އޮންނާނީ ޖުލައި މަހުގައި ކަމަށާއި ޖުލައިމަހު 2 ގްރޫޕެއް ޢުމްރާއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ އަގުވެސް ހެޔޮވާނެ! ގްރޫޕްތަކަށް ޚާއްޞަ ޑިސްކައުންޓްވެސް ލިބޭނެ! އަދި ހިތްހަމަޖެހޭ ފެންވަރުގައި މިގެންދަނީ ޚިދުމަތް ދެމުން. އަޅުގަނޑުމެން ބަލަނީ ޚަރަދަކަށް ނޫން. ޖަމާޢަތަށް އުފުލަންޖެހޭ ތަކްލީފަކަށް ނޫން. ވީހާ ރަނގަޅު ފެންވަރުގަ ޚިދުމަތް ދޭން."
އެގްރޫޕުން ބުނީ އެގްރޫޕަށް ކިޔާ ނަމާއި ވަރަށް އެއްގޮތް ނަންނަމުގައި ޖަމާޢަތް ހަދައިގެން މީހުން ގެންގޮސް ޚިދުމަތް ނުދޭތީ ބައެއް ފަރާތްތަކުން "އަޅުގަނޑުމެންނާ އެބަ ޝަކުވާކުރޭ! ދަންނަވާލަން އޮތީ އަޅުގަނޑުމެންގެ ޖަމާޢަތުގެ ނަމަކީ އަސްކޮއި ޓްރެވަލް ސާވިސްއޭ! އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތައް ވަރަށް ފުރިހަމަވާނެއޭ! އަޅުގަނޑުމެންނާއިއެކު ދަތުރުކުރައްވާ ބޭފުޅުންނަށް އެކަން ވަރަށް ބޮޑަށް ޔަޤީން ކުރެއްވޭނެއޭ! އިން ޝާ ﷲ" އެޖަމާޢަތުން ބުނެފައިވެއެވެ.