ޑިޕްރެޝަންގެ ބައެއް ޢަލާމާތްތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޑިޕްރެޝަންގެ ބައެއް ޢަލާމާތްތައް

ފާޠިމަތު ނަޢީޝާ

ދެރަވުމާއި މާޔޫސްވުމުގެ ބަލި ނުވަތަ ޑިޕްރެޝަންއަކީ އަހަރެމެންގެ ތެރޭގައިވެސް ދުނިޔޭގައިވެސް ވަރަށް ޢާއްމު ބައްޔެކެވެ. މިބައްޔަށް ފަރުވާކުޑަކޮށް ގިނަ ދުވަސް ވުމުގެ ސަބަބުން، ބަލި އިތުރަށް ގޯސްވެ އޭގެ ނުރައްކާ މުޅި ހަށިގަނޑަށާއި ވިސްނުމަށް ކުރާނެއެވެ. 

ވީމާ، މިބައްޔަށް ހޭލުންތެރިވެ، އަމިށްލަ ނަފްސާއި ހެޔޮ އެދޭ ފަރާތްތަކުގެ ކިބައިން މިބަލީގެ ޢަލާމާތްތައް ފެނިދާނެކަމަށް ސަމާލުވާށެވެ. 

ޑިޕްރެޝަންގެ ބައެއް ޢަލާމާތްތައް:

·      މާބޮޑަށް ދެރަވެ، ކަންބޮޑުވުމާއި، ހިތްވަރުދެރަވުން

·      ކުދި ކުދި ކަންކަމާވެސް މާބޮޑަށް ހިތްހަމަނުޖެހި ރުޅިގަދަވުން

·      އާއްމުކޮށް ކޮށް އުޅޭ ކަންކަމާމެދު ޝައުގުވެރިކަން ގެއްލުން

·      ނިދަން އުނދަގޫވުން / މާގިނައިން ނިދުން

·      ހާސްވުން

·      ހަށިގަނޑުގެ ހަރަކާތްތައް މަޑުމޮޅިވުން

·      ވިސްނުމަށް އުނދަގޫވުމާއި

·      ވަކިކަމަކަށް ފޯކަސްކޮށް މަސައްކަތްކުރަން އުނދަގޫވުން

·      އަމިއްލައަށް މަރުވުމުގެ ޚިޔާލު ގިނަގިނައިން ކުރެވުން 

އާއްމުކޮށް ޑިޕްރެޝަންގެ ޢަލާމާތްތަކަކީ އެމީހަކު ކޮންމެ ދުވަހަކުހެން ކޮށް އުޅޭ ކަންތައްތައް ކުރުމަށް ހުރަސްއަޅާ ކަންކަމެވެ. މުހިއްމުކަމަކީ ހިތްވަރުދޫނުކުރުމެވެ. އެހީ ހޯދާށެވެ. އެއްވެސް މީހަކަށް ނުއުފުއްލޭނެވަރުގެ ބުރައެއް އެކަލާނގެ ނުދެއްވާނެއެވެ. ޖާނަލިންގް ކުރުމާއި، ސައިކޮލޮޖިސްޓަކަށް ދެއްކުން ފަދަ ގޮތްގޮތުން އެހީ ލިބިގަންނާށެވެ. ކީރިތި ޤުރުޢާންވެސް ތިބާއަށް ޝަފާޢަތްތެރިވާނެއެވެ. 

ސޫރަތުލް ބަޤަރާ ގެ 153 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިއެދޭށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ."

https://www.mayoclinic.org/diseases-conditions/depression/symptoms-causes/syc-20356007

މިއަދު އޮންލައިން