މެންދުރުނަމާދުކުރަން ކުރާ ވުޟޫމަތީގަ ޢަޞްރުނަމާދު ކުރެވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މެންދުރުނަމާދުކުރަން ކުރާ ވުޟޫމަތީގަ ޢަޞްރުނަމާދު ކުރެވިދާނެތޯ؟

މެންދުރުނަމާދު ކުރުމަށް ވުޟޫކޮށްފައި އެ ވުޝޫގައި އަސްރު ނަމާދު ކުރެވޭނެތޯ؟ އެމީހަކަށް ވުޝޫ ނުގެއްލޭކަން ޔަގީން ވާނަމަ؟ ނޫނީ އަލުން ވުޝޫކުރަންޖެހޭނެތޯއެވެ؟

މެންދުރު ނަމާދަށް ކުރާ ވުޟޫ ނުގެއްލޭ ކަމަށް ވަނީ ނަމަ އެވުޟޫމަތީގައި ހުރެގެން ޢަޞްރުނަމާދުވެސް އަދި އޭގެ ފަހުން އަންނަ ނަމާދުތައް ވެސް ކުރެވިދާނެއެވެ. واللهأعلم

އިތުރު 2 ސުވާލު:

މުސްލިމުނޫން އަންހެނުން ކުރިމަތީ މޫނު ބުރުގާ ނުވަތަ ބުރުގާ ނެގުން ހުއްދަވާނެތޯ؟

މުސްލިމް ނޫން އަންހެނެއްގެ ކުރިމަތީގައި މޫނުބުރުގާ ނުވަތަ އާދައިގެ ބުރުގާ ނެގުމުގެ ޙުކުމަކީ މުސްލިމް އަންހެނެއްގެ ކުރިމަތީގައި ވެސް ބުރުގާ ނެގުމުގެ ޙުކުމެވެ. މާނައަކީ ހުއްދަ ކަމެކެވެ. ނަމަވެސް ބުރުގާނެގުމުގެ ސަބަބުން ގޯސްކަމަކަށް މަގުފަހި ވެދާނެކަމަށް ހީވެއްޖެނަމަ ބުރުގާ ނަގައިގެން ނުވާނެއެވެ. واللهأعلم

މައިންބަފައިން މަރުވުމުން އެމީހުންނަށްޓަކައި ދަރިންނަށް ކުރެވިދާނެ އެންމެރަނގަޅު ކަންކަމަކީ ކޮބާތޯއެވެ. އަދި އެމީހުންނަށްޓަކައި ކުރުން އެންމެރަނގަޅު ދުޢާތަކަކީ ކޮބާހެއްޔެވެ?

މައިންބަފައިން މަރުވުމުން އެމީހުންނަށް ޓަކައި ހެޔޮ ދުޢާ ކޮށްދޭންވާނެއެވެ. އަދި އެމީހުންގެ މަތިން ޞަދަގާތް ކުރަންވާނެއެވެ. އެމީހުންނަށް ޓަކައި ދިވެހި ބަހުން ބޭނުން ދުޢާ އެއް ކޮށްދިނުމުން ރަގަޅުވާނެއެވެ. واللهأعلم

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން