ރޯދަމަހު ގިނައިން ކެވެނީ ހަށިގަނޑާ ޝައިޠޯނާ އެކަމަށް ބާރުއަޅާތީ! ޙައްލު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރޯދަމަހު ގިނައިން ކެވެނީ ހަށިގަނޑާ ޝައިޠޯނާ އެކަމަށް ބާރުއަޅާތީ! ޙައްލު މިއޮތީ!

މުސްލިމުން އަބަދުވެސް ކެއުން ބަހައްޓަންވީ ސުންނަތުގައި އޮތްމަގުންނެވެ. އެއީ ބަނޑުގެ 3 ބައިކުޅައެއްބައަށް ކެއުމާއި އަނެއް ބައަށް ފެންބުއިމާއި ނޫވާލުމަށްޓަކައި އަނެއްބައި ހުހަށް ބެހެއްޓުމެވެ. ކައިބޮއި ހެދުމަށް މިއަށްވުރެ ފުރިހަމަ އަދި ފައިދާހުރި ގޮތެއް ނުވެއެވެ.  

އެހެންކަމާއިއެކުވެސް ދުވާލު ނުކައި ހުރެފައި ރޯދަވީއްލާ ވަޤުތު ގިނައިން ކާބައަކު އުޅެއެވެ. އެމީހުންނަށް އޮންނަނީ މަޣްރިބް ނަމާދާއި ޢިޝާނަމާދާއި ތަރާވީޙް ނަމާދުކުރަން އުނދަގޫވެފައެވެ. ތަރާވީޙުން ގެއަށް އައިސް ގިނައިންކާ މީހުންނަށް ދަމުނަމާދުކުރަންވެސް އުނދަގޫވެއެވެ.  

މިހެންވާ އެއް ސަބަބަކީ ކެވޭ ތަކެއްޗެވެ. ބޭނުންވާ ހަކަތަ ހޯދަން ގިނައިން ކާން ބޭނުންވުމެވެ. އެއީ ޙައްލުކުރަން ވަރަށް އުނދަގޫވާ މައްސލައެކެވެ. ސަބަބަކީ ގިނައިން ކާން ބުނަނީ ހަށިގަނޑު ކަމަށްވުމުންނެވެ. އަދި ހަށިގަނޑު ބުނާބުނުމަށް ޝައިޠޯނާ ބާރުއަޅާތީއެވެ. ޝައިޠޯނާގެ ބޭނުމަކީ ވަރުބަލިކޮށްލުވައި ނަމާދާއި ސުންނަތް ނަމާދުތައް ކުރަން ކަންނެތް ކުރުވުމެވެ.  

މިކަމަށް އޮތް ޙައްލަކީ ލިބޭ މިންވަރަކުން ހަށިގަނޑަށް ފައިދާހުރި، ހަކަތަ ލިބޭ ތަކެތި ކެއުމެވެ. އެއިރުން އެހައި ގިނައިން ކާކަށް ހަށިގަނޑު ބާރެއް ނުއަޅާނެއެވެ. ގިނައިން ނުކައި ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން