ހަމައެކަނި މިސްކިތުގަ އިނދެގެން އެމީހަކު ހިފާ ރޯދަ، ރޯދައަކަށް ނުހެދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހަމައެކަނި މިސްކިތުގަ އިނދެގެން އެމީހަކު ހިފާ ރޯދަ، ރޯދައަކަށް ނުހެދޭނެ!

ތިބާ މީހަކު ދެކެ ބިރުގަންނަނީއެވެ. ސުވާލަކީ ތިބާ އޭނާ ރުޅިއަރުވާނީހެއްޔެވެ؟ ނޫނީ އޭނާގެ ރުހުން ހޯދަން މަސައްކަތްކުރާނީހެއްޔެވެ؟ ތިބާ މީހަކުދެކެ ލޯބިވެގެން އުޅޭނަމަ އެމީހަކާއި އަޅުވައިވެސް ހަަމ މިދެ ސުވާލުކުރެވިދާނެއެވެ. 

އަހުރެން ހިތުން މި 2 ޙާލަތުގައިވެސް ޖަވާބަކަށްވާނީ އޭނާ ރުޅިއަންނާނެ ކަމެއް ނުކުރާނަމެވެ. އަދި މަސައްކަތްކުރާނީ އޭނާގެ ރުހުން ހޯދާށެވެ! 

ދެން އަހަރެމެން މިބުނަނީ ﷲ ތަޢާލާއަށް ބިރުވެތިވާކަމަށާއި ލޯބިވެސްވާކަމަށެވެ. އެއީ އިޚްލާޞްތެރިކަމާއިއެކު ބުނެވޭ ބަހެއް ނަމަ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ކުރާނެހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ނުކުރާނެ ހެއްޔެވެ؟ ކުރާނަމަ ތިއަބުނާ ބަހުގައި އޮތީ ކޮން އިޚްލާޞްތެރިކަމެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ހިފާ ރޯދަ ރޯދައަކަށް ހެދޭނީވެސް އަދި މި ރަމަޟާން މަހު ﷲ ތަޢާލާ ފާފަތައް ފުއްސަވައި ދެއްވަވާ އަޅަކު ކަމުގައިވެވޭނީވެސް މިކުރާ ދެ ސުވާލަށް ވިސްނައިލެވިގެންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރެވިގެންނެވެ. 

އެގޮތުން ކުރަން އޮތް ހަމައެކަނި ކަމަކީ މިސްކިތުގައި ނުވަތަ މުސައްލަމަތީގައި ކުރާ އަޅުކަމެއް ނޫނެވެ. ނިކަމެތިންނާއި ބައްދަލުކުރަން އެބަޖެހެއެވެ. އެމީހުންގެ ޙާލު ބަލައި އެހީތެރިކަން ފޯރުކޮށްދޭން އެބަޖެހެއެވެ. އެހެނީ ނިކަމެތި ޙާލުގައި އެތިބީވެސް ﷲ ތަޢާލާގެ އަޅުންނެވެ. ތިބާފަދަ އަޅުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން