ފުރަތަމަ: ގައުމީ އިސްލާމްދީނޭ ބުނެވޭ ބަހުގެ މާނައަކީ "ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމްދީނެވެ. ދިވެހި ރާއްޖޭގައި އިސްލާމްދީން ފިޔަވާ އެހެން ދީނެއް ނެތެވެ. އަދި އެހެން ދީނެއް ދިވެހި ފަސްގަނޑަށް ވަންނާކަށް ދިވެހިންނެއް އިންޝާﷲ ދުވަހަކުވެސް ޖާގަ އެއްވެސް ނުދޭނެއެވެ. ވީމާ، ދިވެހިންގެ ގައުމީ ދީނަކީ ކޮބައިހޭ ސުވާލު ކުރެވިއްޖެނަމަ ދިވެހިންގެ "ގައުމީ ދީނަކީ އިސްލާމްދީނޭ" ބުނެވިދާނެއެވެ.
ދެވަނަ: ގައުމީ ދުވަހާއި އެނޫންވެސް ދުވަސްތައް ފާހަގަ ކުރުމަށް އަދި އެނޫން ކަންތަކުގައިވެސް އިސްލާމްދީން ހުއްދަ ނުކުރާ އެއްވެސް ކަމެއް ކުރެވިގެން ނުވާނެއެވެ. ކުޑަކުދިންނަށް އެންމެ ތުއްތު އިރުއްސުރެ ދޭން ޖެހޭނީ އިސްލާމީ ތަރްބިއްޔަތެވެ. ވީމާ، ޢައުރަ ނިވާ ނުވާ ވަރުގެ ހެދުން ބުރި ލައްވައިގެން ކުދިވެރިން ލައްވާ ނައްޓުވާ ހެދުމަކީ ހުއްދަ ކަމެއް ނޫނެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް