އުފަންވެލި ޝޮޕްތަކުން ލުނބޯ އަގުހެޔޮކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
އުފަންވެލި ޝޮޕްތަކުން ލުނބޯ އަގުހެޔޮކޮށްފި

އުފަންވެލި ޝޮޕްތަކުން ލުނބޯ އަގުހެޔޮކޮށްފިއެވެ. ކިލޯއެއް 55 ރުފިޔާއަށް ވިއްކާއިރު 8 ކިލޯގެ ކޭސް ދޫކުރަނީ 50 ރުފިޔާގެ ރޭޓުން 400 ރުފިޔާއަށެވެ. މީގެ އިތުރުން ކެރެޓާއި އިންޑިއާގެ އަނބާއި ސައުތުއެފްރިކާގެ ތަފާތު ވައްތަރުތަކުގެ މޭބިސްކަދުރުވެސް މިހާރު ގެންދަނީ ހެޔޮއަގުގައި ވިއްކަމުންނެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ އިތުރު ބާވަތްތައްވެސް ކުރިއަށް އޮތްތަނުގައި އަގުހެޔޮކުރާނެ ކަމަށާއި އަދި ހަމަ މިބާވަތްތައްވެސް މުދައު ލިބެމުން އަންނަވަރަކުން އަދިވެސް އަދިވެސް އަގުހެޔޮކުރާނެ ކަމަށެވެ. 

ރޯދައަށް ޚާއްޞަކޮށްގެން އުފަންވެލި ޝޮޕްތަކުން ގެންދަނީ ކުކުޅާއި ކުކުޅުގެ ތަފާތުބާވަތްތަކާއި ކުކުޅުބިހާއި އަދި ގެރިމަހާއި އެއްގަމު މަހުގެ އެހެން ބާވަތްތައްވެސް ހެޔޮ އަގުގައި ވިއްކަމުންނެވެ.

މިއަދު އޮންލައިން