ތިމާ އާއި ގުޅުން ކަނޑާ މީހުންނާ ރަޙިމުގެ ގުޅުން ބަދަހިކުރާ މީހުންނަށް ނިޢްމަތްތައް އިތުރުކުރައްވަވާނެ!: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ތިމާ އާއި ގުޅުން ކަނޑާ މީހުންނާ ރަޙިމުގެ ގުޅުން ބަދަހިކުރާ މީހުންނަށް ނިޢްމަތްތައް އިތުރުކުރައްވަވާނެ!: ޝައިޚް ނިމާލް

"ރަޙިމުގެ ގުޅުން ކަނޑައިގެން ތިބޭ މީހުންނާ ގުޅުން ބާއްވަން މަސައްކަތްކުރަންޖެހޭނެތޯއެވެ؟ ވާހަކަ ދައްކަން އުޅުނަސް މޫނުކުނިކޮށްފަ ރުންކުރު ޖަވާބުދޭނަމަ އަނގައިން ބުނަންވެސް އުނދަގޫވާނެ ނޫންތޯއެވެ؟"

ކކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި މިގެނެސްދެނީ ޝައިޚް ނިމާލްގެ ބަސްފުޅެކެވެ. އެއިގެ ކުރިން އެއްކަމެއް ފާހަގަކޮށްލާނަމެވެ. މޫނުކުނިކިރިޔަސް، ރުންކުރު ޖަވާބުދިނަސް، އަޅާނުލައި ދިއަނަމަވެސް ވާހަކަފދައްކައި ގުޅުން ބަދަހިކުރަން މަސައްކަތްކުރާށެވެ! އެކަމަށް ދެއްވަވާނެ ޘަވާބު ވަޒަންކުރަންވެސް ނުއެނގޭނެހައި ގިނަވާނެ ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.

ރަމަޟާން މަސް ފެށިގެން ކުރިއަށް ދަނީއެވެ. މިއީ ރަހިމުގެ ގުޅުން ބަދަހިކުރަން ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެ މައްސަރެކެވެ. ރަހިމުގެ ގުޅުން ބަދަހިކުރާ މީހުން ކުރާ ކަންކަމުގައި ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވާނެތެވެ!

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ބަދަހިކުރާ މީހުންނާއި ގުޅުން ބޭއްވުމާއިއެކު ތިމާ އާއި ގުޅުން ނުބާއްވާ މީހުންނާއިއެކުވެސް ގުޅުން އުފެއްދުމެވެ. އަދި އެފަދައިން މަސައްކަތްކުރާ މީހުންނަށް މާތްﷲ އެތައް ގިނަ ނިއުމަތްތަކެއް މިންވަރުފުޅު ކުރައްވަވާނެތެވެ.

ވީމާ ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ބާއްވާ މީހުންނާއިއެކު އެކަނި ގުޅުން ބަދަހިކުރުމެއް ނޫނެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ތިމާ އާއި ގުޅުން ކަނޑާ މީހުންނާއިވެސް ގުޅުން ބަދަހިކުރުމެވެ. ނަމަވެސް ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތިމާ އާއި ގުޅުން ބާއްވާ މީހުންނާއިއެކު ގުޅުން ބޭއްވުމުން ރަހިމުގެ ގުޅުން ދެމެހެއްޓުނީ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫނެވެ. ދަރީންނާއިމެދު ހަމަހަމަކަމާއިއެކު އަމަލުކުރުމާއި ދަރިންނާއި އަޅާލައި ބެލެހެއްޓުމަކީ މައިން ބަފައިންގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެންކަމާއިއެކުވެސް ދަރީންނާއިމެދު މައިން ބަފައިން ކޮންމެ ގޮތަކަށް އަމަލުކޮށްފައިވީ ނަމަވެސް އެކަމަށް ބަދަލު ހިފައިގެން ނުވާނެ އެވެ.

އެހެނީ މައިން ބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ ވަރަށް ގަދައަށް އަމުރުފުޅު ކުރައްވަވާފައެވެ. އެމީހަކަށް އަމުރުވެވިގެންވާ ކަމެއް އެމީހަކު ކުރަން ޖެހޭނެއެވެ.

--އައްޝައިޚް ނިމާލް މުހައްމަދުގެ ދަރުސަކުން

މިއަދު އޮންލައިން