ނަމާދު ވަގުތުވަދެ ނަމާދު ކުރުމާއި ދެމެދުގައިވާ ވަގުތަކީ ދުޢާ ޢިޖާބަކުރައްވަވާނެ ވަޤުތެކެވެ. މީގެ ތެރެއިންވެސް މެންދުރުނަމާދުގެ އެ ވަޤުތަކީ ޚާއްޞަކަންބޮޑު ވަޤުތެކެވެ.
މާތް ﷲ ރުއްސުންލެއްވި ޢަބްދުއްﷲ ބިން އައްސާއިބް ގެ ފަރާތުން ރިވާވެގެންވެއެވެ. "މެންދުރުވަގުތުވެ، ނަމާދު ކުރެއްވުމުގެ ކުރިން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ޙަދީޘް ކުރައްވައެވެ. "އެވަގުތަކީ އުޑުތަކުގެ ދޮރުތައް ހުޅުވޭގަޑިއެވެ. އެހެންކަމުން ހެޔޮޢަމަލެއް އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ".
(މީގެ މާނައަކީ މެންދުރުން ނަމާދުގެ ވަޤުތު ދެމިއޮންނަހައި ހިނދެއް ނޫނެވެ. ބަންގިގޮވީންސުރެ ޖަމާޢަތުގައި ނަމާދުކުރަން ޤަމަތް ދިނުމާއި ދެމެދެވެ.)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް